އެކްސްގައި އެލޮން މަސްކް ފޮލޯކުރާ ގިނަ މީހުންނަކީ ފޭކް މީހުން ކަމަށް ރިޕޯޓްތައް ބުނެފި

އެކްސް (ކުރީގެ ޓްވިޓާ) ގައި އެލޮން މަސްކް ފޮލޯކުރާ ގިނަ މީހުންނަކީ ފޭކް މީހުން ކަމަށް ފަހުގެ ރިޕޯޓްތައް ބުނެފިއެވެ. އީލޮން މަސްކްގެ އެކްސް (ކުރީގެ ޓްވިޓާ) އެކައުންޓުގައި 153 މިލިއަނަށް ވުރެ ގިނަ ފޮލޯވ...

21 Aug 2023 | 15:48

އެކްސް (ކުރީގެ ޓްވިޓާ) ގައި އެލޮން މަސްކް ފޮލޯކުރާ ގިނަ މީހުންނަކީ ފޭކް މީހުން ކަމަށް ފަހުގެ ރިޕޯޓްތައް ބުނެފިއެވެ.

އީލޮން މަސްކްގެ އެކްސް (ކުރީގެ ޓްވިޓާ) އެކައުންޓުގައި 153 މިލިއަނަށް ވުރެ ގިނަ ފޮލޯވަރުން ތިބި ނަމަވެސް އާ ރިޕޯޓެއްގައި ވާ ގޮތުން އޭނާގެ ގިނަ ފޮލޯވަރުންނަކީ ފޭކް މީހުން ކަމަށްވާއިރު، އެތައް މިލިއަން އާ، އިންއެކްޓިވް އެކައުންޓްތަކުގެ ސަބަބުން އެ އަދަދު ވަނީ މަދުވެފައެވެ.

މަސްކް ފޮލޯކުރާ 153،209،283 އެކްސް އެކައުންޓްގެ ތެރެއިން އޭނާގެ ފޮލޯވަރުންގެ ގާތްގަނޑަކަށް 42 ޕަސެންޓް ނުވަތަ 65.3 މިލިއަނަށް ވުރެ ގިނަ މީހުންގެ އަމިއްލަ އެކައުންޓްގައި ޒީރޯ ފޮލޯވަރުން ތިބި ކަމަށް ޓެކް ވެބްސައިޓް މެޝަބަލް އިން ރިޕޯޓްކޮށްފައިވާއިރު، އެމައްސަލައިގައި ތިން ވަނަ ފަރާތެއްގެ ރިސާޗަރ ޓްރެވިސް ބްރައުން އެއްކުރި ޑޭޓާ ތައްވެސް ރިވިއުކޮށްފައިވެ އެވެ. އެގޮތުން މަސްކް ފޮލޯކުރާ 153 މިލިއަން އެކައުންޓްގެ ފޮލޯވަރުންގެ އެވްރެޖް އަދަދަކީ އެންމެ 187 އެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން އެކްސް ޕްރިމިއަމް (ކުރިން ޓްވިޓާ ބްލޫ މަހަކު 8 ޑޮލަރަށް) އަށް ސަބްސްކްރައިބް ކުރަނީ އެންމެ 453،000 މަސްކް ފޮލޯވަރުން ނުވަތަ 0.3 ޕަސެންޓް މީހުންނެވެ. މަސްކް ފޮލޯކުރާ މި މީހުންގެ ތެރެއިން 72 އިންސައްތަ ނުވަތަ ގާތްގަނޑަކަށް 112 މިލިއަނަށްވުރެ ގިނަ ފޮލޯވަރުންގެ އެކައުންޓުގައި ޔޫސަރުން 10 އަށްވުރެ މަދުކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. "މަސްކްގެ ގިނަ ފޮލޯވަރުންގެ ކިބައިގައި ހަގީގަތުގައި އެ ސައިޓް ބޭނުން ނުކުރާކަން އެނގޭނެ ސިފަތަކެއް ހުންނާނެ،" އެ ބަޔާނުގައިވެ އެވެ.

ކޮންޓެންޓް އުފެއްދުމުގެ ވާހަކަ ދައްކާއިރު، 62.5 މިލިއަނަށް ވުރެ ގިނަ މަސްކް ފޮލޯވަރުންގެ ޓްވީޓްތައް ހުރީ ޒީރޯ ގައެވެ. "100 މިލިއަނަށް ވުރެ ގިނަ މަސްކް ފޮލޯވަރުންގެ އެކައުންޓަށް ޕޯސްޓްކޮށްފައި ވަނީ 10 އަށް ވުރެ މަދު ޓުވީޓުތަކެއް،" ތަފާސް ހިސާބުތަކުން ދައްކަ އެވެ.

އޮކްޓޯބަރު 27، 2022 ގައި 44 ބިލިއަން ޑޮލަރަށް މަސްކް ޓްވިޓާ ގަނެފައިވާއިރު، އެކްސްގައި އޭނާ އެންމެ ފަހުން ކުރި ޕޯސްޓުގައިވާ ގޮތުން މިހާރު އެ ޕްލެޓްފޯމް ބޭނުންކުރާ މީހުންގެ އަދަދު މަހަކު 540 މިލިއަނަށް ވުރެ ގިނަ އެވެ.

ޓެކް ބިލިއަނަރުގެ މިހާރުގެ ހުރިހާ ފޮލޯވަރުންގެ ތެރެއިން 25 ޕަސެންޓަށް ވުރެ ގިނަ ނުވަތަ 38.9 މިލިއަން މީހުން އުފެއްދީ އެ ތާރީހުގައި ނުވަތަ އޭގެ ފަހުންނެވެ.

މަސްކް ފޮލޯކުރާ 153 މިލިއަން އެކައުންޓްގެ ފޮލޯވަރުންގެ މެދުމިން އަދަދަކީ އެންމެ (1) ސިންގަލް ފޮލޯވަރެވެ. މަސްކްގެ ހުރިހާ ފޮލޯވަރުންގެ ތެރެއިން ގާތްގަނޑަކަށް 25 ޕަސެންޓް ނުވަތަ 38 މިލިއަނަށް ވުރެ ގިނަ މީހުން ބޭނުންކުރަނީ އެކްސް އިން އާ އެކައުންޓްތަކަށް ދޭ ޑިފޯލްޓް ޕްރޮފައިލް އިމޭޖެވެ. މަސްކްގެ ފޮލޯވަރުންގެ ތެރެއިން 40 އިންސައްތަ ނުވަތަ އެންމެ 50 މިލިއަނަށްވުރެ މަދު ފޮލޯވަރުންގެ އަދަދު އެކްސްގެ "@" ހޭންޑްލްގައި 4 ނުވަތަ އެއަށްވުރެ ގިނަ ކަމަށް މެޝެބަލް އިން ބުނެއެވެ.

އެހެން ޚަބަރުތަކުގައި އެކްސް އިން ވަނީ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ކުރިން ޕޯސްޓްކުރި ގިނަ ފޮޓޯތަކާއި ޔޫއާރްއެލް ލިންކްތައް ނައްތާލާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް