ވިނަރެސް ފްލެޓް ތަޅުދަނޑި ހަވާލުކުރަން ފަށައިފި

ހުޅުމާލެ ފޭޒް ދޭއްގައި ތަރައްގީކޮށްފައިވާ ވިނަރެސް ޓަވަރުތަކުން ފްލެޓް ލިބުނު ފަރާތްތަކަށް ތަޅުދަނޑި ހަވާލުކުރަން ފަށައިފިއެވެ. ތަޅުދަނޑި ހަވާލުކުރަން ފަށާފައިވަނީ އެކަމަށްޓަކައި މިއަދު އެ ސަރަހައްދުގ...

21 Aug 2023 | 14:31

ހުޅުމާލެ ފޭޒް ދޭއްގައި ތަރައްގީކޮށްފައިވާ ވިނަރެސް ޓަވަރުތަކުން ފްލެޓް ލިބުނު ފަރާތްތަކަށް ތަޅުދަނޑި ހަވާލުކުރަން ފަށައިފިއެވެ.

ތަޅުދަނޑި ހަވާލުކުރަން ފަށާފައިވަނީ އެކަމަށްޓަކައި މިއަދު އެ ސަރަހައްދުގައި އަރބަންކޯއިން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ވިނަރެސް މަޝްރޫއުގައި 13 ބުރީގެ 10 ޓަވަރު ހިމެނޭއިރު ޖުމްލަ 1344 ފްލެޓް ހިމެނެއެވެ. މި މަޝްރޫއަކީ އެޗް.ޑީ.ސީއިން ކުރިއަށްގެންދިޔަ މެދުފަންތީގެ ބޯހިޔާވަހިކަމުގެ މަޝްރޫއެކެވެ.

މި ފްލެޓްތަކުގެ ތެރެއިން ބައެއް ފްލެޓްތައް ސީލައިފް ފްލެޓް ތަކާއި ގުޅީފަޅު ފްލެޓްތައް ނުލިބުނު ބައެއް ފަރާތްތަކަށްވެސް ދީފައިވާއިރު މިއަދުގެ ރަސްމިއްޔާތުގައި ތަޅުދަނޑި ހަވާލުކޮށްދެއްވީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި އަރބަންކޯގެ މެނޭޖިން ޑިރެކްޓަރ އަހްމަދު އާތިފެވެ.

ވިނަރެސް ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓް އެޗްޑީސީން އިއުލާނުކުރީ މި އަހަރުގެ ފެބްރުއަރީ މަހުގައެވެ. އެގްރީމަންޓްގައި ސޮއިކުރުން މި އަހަރުގެ މެއި މަހުގައި ކުރިއަށްގެންދިޔައެވެ.

ވިނަރެސްގައި ހިމެނެނީ ހަތަރު ކޮންސެޕްޓަކަށް ފަރުމާކޮށްފައިވާ ތިން ކޮޓަރީގެ ފްލެޓްތަކެވެ. އެ ހަތަރު ކޮންސެޕްޓަކީ އިނާވިއު، އައުޓާ ވިއު، މެރީނާ ވިއު އަދި ސްޓޭންޑަޑް ވިއު އެވެ. މެރީނާ ވިއުގައި 172 ފްލެޓް، އައުޓާ ވިއުގައި 372 ފްލެޓް، އިނާ ވިއުގައި 352 ފްލެޓް އަދި ސްޓޭންޑަޑް ވިއުގައި 448 ފްލެޓް ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް