އިންޑިއާގައި ބޭނުން ކުރަމުންދާ ޑިޓަލް ޕޭމަންޓް ސިސްޓަމް "ޔޫޕީއައި" އަށް ޖަރުމަނުގެ ވަޒީރަކު ވަރަށް ބޮޑަށް ތައުރީފްކޮށްފިއެވެ.
އިންޑިއާގައި ހުންނަ ޖަރުމަނު އެމްބަސީން އިންޑިއާގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާއަށް ތައުރީފުކޮށް މިއީ އެ ގައުމުގެ ކާމިޔާބީގެ އެއް ވާހަކަ ކަމަށް ވަނީ ސިފަކޮށްފަ އެވެ.
ޖަރުމަނުގެ ފެޑެރަލް މިނިސްޓަރ ފޮރ ޑިޖިޓަލް އެންޑް ޓްރާންސްޕޯޓް ވޮލްކަރ ވިސިންގް، އިންޑިއާގައި ޔޫޕީއައި ސިސްޓަމަށް ތައުރީފްކޮށް ވާހަކަ ދެއްކެވީ އެ ސިސްޓަމް ބޭނުންކޮށްގެން ފައިސާ ދެއްކުމަށް ފަހު، އޭގެ ސާދާކަމާއި ފަސޭހަ ކަމުން ކަމަށް އޭނާވަނީ ވިދާޅުވެފައެވެ.
ކުރިން ޓްވިޓާގެ ނަމުން މަޝްހޫރުވެފައިވާ އެކްސްއަށް ދިން އިންޓަވިއުއެއްގައި އިންޑިއާގައި ހުންނަ ޖަރުމަނު އެމްބަސީން ބުނީ އިންޑިއާގެ ކާމިޔާބީގެ އެއް ވާހަކައަކީ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ކަމަށެވެ. ޔޫޕީއައިގެ ސަބަބުން ކޮންމެ މީހަކަށް ވެސް ސިކުންތުކޮޅެއްގެ ތެރޭގައި މުއާމަލާތް ކުރެވޭނެ އެވެ. އިންޑިއާގެ އެތައް މިލިއަން ބަޔަކު އެ ބޭނުން ކުރެ އެވެ.
ފެޑެރަލް މިނިސްޓަރ ފޮރ ޑިޖިޓަލް އެންޑް ޓްރާންސްޕޯޓް ، ޔޫޕީއައި ޕޭމަންޓް ބޭނުން ކުރެއްވި މިއީ ފުރަތަމަ ފަހަރު ކަމަށާއި، އެފަދަ ސިސްޓަމެއްގެ މިހާފުރިހަމަ ތަޖުރިބާ އެއް ކުރެއްވެވި މިއީ ފުރަތަމަ ފަހަރުކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޮގަސްޓް މަހުގެ 19 ވަނަ ދުވަހު ބެންގަލޫރުގައި ބޭއްވި ޖީ-20 ޑިޖިޓަލް މިނިސްޓަރުންގެ ބައްދަލުވުމުގައި ވިސިންގް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
އިންޑިއާގައި ހުންނަ ޖަރުމަނު އެމްބަސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ބެންގަލޫރުގައި ބާއްވާ ޖީ20 ޑިޖިޓަލް މިނިސްޓަރުންގެ ބައްދަލުވުން ފަށަން ތައްޔާރުވަމުން އަންނަ ކަމަށާއި، މިނިސްޓަރ ވިސިންގ އާއި ، މިނިސްޓަރ އަޝްވިނީ ވައިޝްނަވް ، ޑިޖިޓަލް ޑައިލޮގް މެދުވެރިކޮށް އައިޓީ އަދި ޚާއްޞަކޮށް އޭއައިގެ ދާއިރާއިން އިންޑޯ-ޖަރުމަނު ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ވަރަށް ވިސްނުންތެރިކަމާއެކު މަޝްވަރާކުރައްވާނެ ކަމަށެވެ.
ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫޕީއައި) އަކީ އިންޑިއާގެ މޮބައިލް ބޭސްޑް ފާސްޓް ޕޭމަންޓް ސިސްޓަމް ކަމަށްވާއިރު، މި ނިޒާމުގެ ސަބަބުން ކަސްޓަމަރުން އުފެއްދި ވާޗުއަލް ޕޭމަންޓް އެޑްރެސް (ވީޕީއޭ) ބޭނުންކޮށްގެން ވަގުތުން 24 ގަޑިއިރު ފައިސާ ދެއްކޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.
މިހާތަނަށް ސްރީލަންކާ، ފްރާންސް، ޔޫއޭއީ އަދި ސިންގަޕޫރުން ވަނީ އިމާޖިން ފިންޓެކް އަދި ޕޭމަންޓް ސޮލިއުޝަންތަކުގައި އިންޑިއާއާ އެކު ޕާޓްނާޝިޕް ހަދާފަ އެވެ. ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫޕީއައި) ޕޭމަންޓް މެކޭނިޒަމް ބޭނުންކުރަން އިންޑިއާ އާއި ފަރަންސޭސިވިލާތުން އެއްބަސްވެފައިވާކަން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ މިދިޔަ ޖުލައި މަހުގެ ކުރީކޮޅު އިއުލާން ކުރައްވާފައެވެ.
ފަރަންސޭސިވިލާތަށް ދާދި ފަހުން ކުރެއްވި ދަތުރުފުޅުގައި ޕެރިހުގައި އޮންނަ އިންޑިއާގެ އާބާދީއާ މުހާތަބު ކުރައްވައި މޯދީ ވިދާޅުވީ، "އިންޑިއާގެ ޔޫޕީއައި ނުވަތަ އެހެނިހެން ޑިޖިޓަލް ޕްލެޓްފޯމްތަކަށް ވިޔަސް، އެ ޕްލެޓްފޯމްތަކުގެ ސަބަބުން ގައުމަށް އިޖުތިމާއީ ގޮތުން ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށާއި އިންޑިއާ އާއި ފަރަންސޭސިވިލާތް ވެސް ގުޅިގެން މަސައްކަތް ކުރަމުންދާތީ އުފާކުރާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް