ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް ވެރިކަން ލިބިވަޑައިގެންފިނަމަ ޕީޕީއެމްގެ ވަސްވެސް ފޮހެލައްވާނެ ކަމަށް "އިބޫއަސްލަމް" ކެމްޕޭން ސްޕޯކްސްޕަރސަން މާރިޔާ ދީދީ ވިދާޅުވެއްޖެއެވެ.
މާރިޔާ މިހެން ވިދާޅުވީ، އެމްޑީޕީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި "ދުވަސް" އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން މާރިޔާ ވިދާޅުވީ، އިދިކޮޅި ޕީޕީއެމްގެ ކެނޑިޑޭޓެއް ނެތް ކަމަށް ޑރ. މުހައްމަދު ވަހީދު ވިދާޅުވި ކަމަށާއި، އެމަނިކުފާނަށް ފުރުސަތު ނުދީ މުއިއްޒު ވަނީ ޕީއެންސީއަތުން ރިޔާސީ ޓިކެޓް ޖަހައިގެންފައި ކަމަށެވެ.
"މުއިއްޒަށް ވެރިކަން ލިބިއްޖެ ނަމަ، މުއިއްޒު ހަމަ ކުރީގަ ޑީއާރްޕީގެ ވެރިކަން ޕީޕީއެމްއަށް ބަދަލުވެގެން ދިޔަ ގޮތަށް، ޕީޕީއެމް، މުއިއްޒު ފޮހެލައްވާ، އެ ކުލަ (ވޯޓު) ކަރުދާސްކޮޅުގަ ނެތް ގޮތަށް ފޮހެލައްވާ، ޕީޕީއެމްގެ ވަސްވެސް މި ރާއްޖޭގަ ނޯންނާނެކަން އަޅުގަނޑަށްއ ހަމަ ޔަގީން، މިހިސާބަށް ކަންކަން ދިޔަ ގޮތުން"
މާރިޔާ ވިދާޅުވީ މި އިންތިހާބުގައި ފިޔާތޮށި ކުލަ ނެތް ކަމަށެވެ. އަދި ވޯތޓު ކަރުދާސްކޮޅުގައިވެސް ޕީޕީއެމްގެ ލޯގޯ ނޯންނާނެ ކަމަށެވެ.
މީގެ އިތުރުން މާރިޔާ ވިދާޅުވީ، މުއިއްޒުގެ މެނިފެސްޓޯ އިފްތިތާހު ކުރިއިރު ފައިނޭންސް ހައުސިންގްގެ ސިޔާސަތަކީ ރައީސް ސޯލިހު މީގެ ކުރިން ވެވަޑައިގެންފައިވާ ވައުދެއް ކަމަށެވެ. އެހެންކަމުން މުއިއްޒުއަކީ 'ކޮޕީކެޓް' އެއް ކަމަށް މާރިޔާ ވިދާޅުވިއެވެ.
މުއިއްޒުގެ މެނިފެސްޓޯއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން މާރިޔާ ފާހަގަ ކުރެއްވި ގޮތުގައި، މި ސަރުކާރުން ހިލޭ ގޯތި ދިނުމުން މުއިއްޒު އުޅުއްވަނީ އާއްމުންގެ ފައިސާއިން ގެ ހެދުމަށްފަހު ސަރުކާރަށް ގެ ނަގައި އަލުން އާއްމުން އަގު ދޭންޖެހޭ ގޮތަށް ހެއްދެވުމަށް ކަމަށެވެ.
މާރިޔާ ވިދާޅުވީ މުއިއްޒު ވައުދުވެލައްވަނީ ރައީސް ސޯލިހު ވެވަޑައިގަންނަވާ ވައުދުތައް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް