ބައެއް ސަރަހައްދުތަކަށް މިއަދު އުދަ އެރުން އެކަށީގެންވޭ: މެޓް

ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މިއަދު އުދަ އެރުން އެކަށީގެންވާކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ. މެޓް އޮފީހުން ބުނީ، މިއަދު މެންދުރުން ފެށިގެން އިރުއޮއްސުމާ ހަމަޔަށް ކ. އަތޮޅުން...

21 Aug 2023 | 09:34

ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މިއަދު އުދަ އެރުން އެކަށީގެންވާކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ، މިއަދު މެންދުރުން ފެށިގެން އިރުއޮއްސުމާ ހަމަޔަށް ކ. އަތޮޅުން ފެށިގެން އައްޑޫގެ ނިޔަލަށް ހުރި އަތޮޅުތަކަށް އުދައެރުން އެކަށީގެންވާ ކަމަށެވެ. އެހެންކަމުން މެޓުން ވަނީ އެ ސަރަހައްދަށް ހުދު ސަމާލު ނެރެފައެވެ.

މިމަހުގެ ކުރީކޮޅު ރާއްޖެއަށް އަރަމުން ދިޔަ އުދައިގައި މާލެ ހުޅުމާލެ ހައިވޭއަށް އެރި އުދައިގެ ރާޅުތަކުގައި ވަނީ ބަޔަކަށް އަނިޔާވެ ވެހިކަލްތަކަކަށް ގެއްލުން ވެފައެވެ.

އެ މަންޒަރު ފެންނަ ބައެއް ވީޑިއޯއާއި ފޮޓޯ ސޯޝަލް މީޑިއާގައި ވެސް ދައުރުވެފައި ވާއިރު، ގެއްލުންވި ސައިކަލުތައް ކައިރީގައި މަޑުކޮށްލައިގެން ތިބޭ މީހުން އެ ވީޑިއޯއިން ފެނެއެވެ.

އެހެން ވީޑީއޯއަކުން ފެނުނު ގޮތުގައި، އެއާޕޯޓް ފަޅިން ބްރިޖް ލައިޓްގައި ތިބެފައި ލައިޓް ފެހި ވުމުން ނައްޓާލި ވަގުތު ޖެހި ރާޅެއްގައި ގިނަ ބަޔަކު ސައިކަލްތަކާއެކު ކަހާލައިގެން ސައިކަލާއެކު ވެއްޓޭ މަންޒަރެވެ.

މިފަދަ ހާދިސާތައް ހިނގަމުން އަންނައިރު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އުދައިގެ އަސަރުކުރާނެކަމަށް ލަފާކޮށް މެޓުންއެރު ހުދު ސަމާލުވެސް ނެރުނެވެ..

މާލޭގެ އިތުރުން ރާއްޖޭގެ ބައެއް އެހެން ރަށްރަށަށްވެސް އުދައިގެ އަސަރު އޭރު ކުރަމުން ދިޔަ ކަމަށް އެ ރަށްރަށުން ރިޕޯޓު ކޮށްފައިވެއެވެ..

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް