ހުޅުމާލެ ފޭޒް ތިނެއް ހިއްކަން ހަވާލުކޮށް މަސައްކަތް ފަށައިފި

ހުޅުމާލޭން ގޯތި ދިނުމަށް ބޭނުންވާ ބިމާ، ދިޔަނެރު ފަޅު އަދި ތިލަފުށި ބޭނުންވާ ބިން ހިއްކުމަށް ސީ.އެމް.ސީ އާ ހަވާލުކޮށް މަސައްކަތް ފަށައިފިއެވެ. އެގޮތުން އަރބަންކޯއިން މިއަދު ބުނީ ސީ.އެމް.ސީ އާއި ހަވާލް...

21 Aug 2023 | 08:14

ހުޅުމާލޭން ގޯތި ދިނުމަށް ބޭނުންވާ ބިމާ، ދިޔަނެރު ފަޅު އަދި ތިލަފުށި ބޭނުންވާ ބިން ހިއްކުމަށް ސީ.އެމް.ސީ އާ ހަވާލުކޮށް މަސައްކަތް ފަށައިފިއެވެ.

އެގޮތުން އަރބަންކޯއިން މިއަދު ބުނީ ސީ.އެމް.ސީ އާއި ހަވާލްކޮށްގެން ބިން ހިއްކުމުގެ މަސައްކަތްތައް މިހާރު ދަނީ ފެށިގެން ކުރިއަށް ކަމަށާއި އެގޮތުން ހުޅުމަލޭގެ ފޭސް 3، ދިޔަނެރު، ތިލަފުށި އޭރިއާ ޑީ، ބިން ހިއްކަން ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕަނީ ޕްރައިވެޓް ލިމިޓެޑް އާއި ވަނީ ހަވާލުކޮށްފައި ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ހުޅުމާލެ ފޭސް 3އިން 62.6 ހެކަޓްރ، ދިޔަނެރުން 24.6 ހެކްޓަރ އަދި ތިލަފުށި އޭރިއަ ދީ އިން 9.6 ހެކްޓަރ ހިއްކުމަށްވަނީ ހަމަޖެހިފައިވާކަމަށް އަރބަންކޯއިން ބުނެއެވެ. މި މަޝްރޫއުގެ ދަށުން ގެދޮރުވެރިކަމުގެ ބޭނުންތަކާއި، އިންޑްސްޓްރިއަލް ބޭނުންތަކާއި، މެރީނާގެ ބޭނުންތައް ފުއްދުމަށް ވަރަށް ބޮޑު އެހީ އަކަށް ވެގެންދާނެކަމަށް އެ ކޯޕަރޭޗަނުން ގަބޫލުކުރެއެވެ. އަރބަންކޯގެ އަޒުމަކީ މިފަދަ ތަފާތު މަޝްރޫއުތައް މެދުވެރިކޮށް ފަހި މާދަމާ އަކަށް މަގުފަހިވެގެންދާނެ އެތަކެއް ތަރައްގީގެ މަރުހަލާތައް ކުރިއަށް ގެންދިއުން ކަމުގައިވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް