އެމްޕީ ސިރާޖު އެމްޑީޕީން ވަކިވެވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގައި ފޮނަދޫ ދާއިރާ ތަމްސީލުކުރައްވަމުންގެންދަވާ އިއްޒަތްތެރި މެންބަރު، މޫސާ ސިރާޖު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ވަކިވެވަޑައިގެންފިއެވެ. އެމްޑީޕީން ވަކިވެވަޑައިގެ...

21 Aug 2023 | 07:05

ރައްޔިތުންގެ މަޖިލީހުގައި ފޮނަދޫ ދާއިރާ ތަމްސީލުކުރައްވަމުންގެންދަވާ އިއްޒަތްތެރި މެންބަރު، މޫސާ ސިރާޖު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ވަކިވެވަޑައިގެންފިއެވެ.

އެމްޑީޕީން ވަކިވެވަޑައިގެންނެވުމަށް ފޮނުއްވެވި ސިޓީފުޅުގައި ސިރާޖު ވިދާޅުވެފައިވަނީ އެ ޕާޓީގެ މެންބަރެއްގެ ގޮތުގައި އިތުރަށް ހުންނަވަން ބޭނުންފުޅު ނުވާކަމަށެވެ.

މޫސާ ސިރާޖަކީ މި ފަހަކަށް އައިސް ރައީސް ނަޝީދާއި ރައީސް ސޯލިހާއި ދެމެދު ދެކޮޅަށް ކިރިކިރި ހުންނެވި ބޭފުޅެކެވެ. އެގޮތުން އެމްޑީޕީ ދެފަޅި ނުވެ އޮތް އިރު ރައީސް ނަޝީދަށް ތާއީދުކުރެއްވިއެވެ. ނަމަވެސް ފަހުން އެމްޑީޕީގެ ޕްރައިމަރީގައި އަނެއްކާވެސް ރައީސް ސޯލިހަށް ތާއީދު ކުރެއްވިއެވެ. އެހެންނަމަވެސް ފަހުން ރައީސް ނަޝީދާއި އީވާގެ އިތުބާރު މައްސަލައިގާ ސޮއި ކުރައްވާފައެއް ނުވެއެވެ.

ސިރާޖު އެމްޑީޕީން ވަކިވެވަޑައިގެންފައިވާއިރު ދަ ޑިމޮކްރެޓްސް އާއި ގުޅިވަޑައިގަންނަވާނެ ކަމުގައި ބެލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް