މުއިއްޒުގެ މެނިފެސްޓޯ: ސޯޝަލް ހައުސިންގްގެ ޖޫރިމަނާ މައާފުކޮށްދޭނަން

ސޯޝަލް ހައުސިންގް ސްކީމެއްގެ ދަށުން ހައުސިންގް ޔުނިޓް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ޖޫރިމަނާ ދައްކަން ޖެހިފައިވާ ފަރާތްތަކުގެ ޖޫރިމަނާ މައާފު ކޮށްދިނުން ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓީގައި ހިމ...

21 Aug 2023 | 05:21

ސޯޝަލް ހައުސިންގް ސްކީމެއްގެ ދަށުން ހައުސިންގް ޔުނިޓް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ޖޫރިމަނާ ދައްކަން ޖެހިފައިވާ ފަރާތްތަކުގެ ޖޫރިމަނާ މައާފު ކޮށްދިނުން ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓީގައި ހިމަނައިފިއެވެ.

މުއިއްޒުގެ ރިޔާސީ މެނިފެސްޓޯ އިފްތިތާހު ކޮށްފައިވަނީ ރޭ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބޭއްވި ޖަލްސާގައެވެ.

'ދިވެހިންގެ ރާއްޖެ' މި ނަމުގެއި އިފްތިތާހު ކުރި މެނިފެސްޓޯގައި އާއްމު ކޮށްފައި ވަނީ 'ގެދޮރުވެރިކަމާއި އާރބަނައިޒޭޝަން' ސިޔާސަތެވެ. މި ސިޔާސަތުގައި 40 ނުކުތާއެއް ފާހަގަ ކޮށްފައިވެއެވެ.

މުއިއްޒު ވިދާޅުވެފައި ވަނީ ހުރިހާ ދިވެހިންނަކީވެސް ބޯހިޔާވަހިކަމުގެ ވެރިންނަށް ހައްދަވައި ދެއްވާނެ ކަމަށެވެ.

މުއިއްޒުގެ ވެރިކަމެއްގައި ކޮށްދޭނެ މުހިންމު ބައެއް ކަންކަން އެމަނިކުފާނު ވަނީ އެކި ޕޯޑިއަމް ތަކުގައި ދަންނަވާފައެވެ. އެގޮތުން، ސްކޫލުގެ ބޮޑު ޗުއްޓީ ޑިސެމްބަރަށް ބަދަލު ކުރުމާއި، އައިވީއެފް ހެދުން އާސަންދައިގައި ހިމެނުމުގެ އިތުރުން ނިމެމުން މިދާ ސަރުކާރުން މާލޭ ރައްޔިތުންނަށް ދީފައިވާ ގޯތި ނުވަތަ ފްލެޓު ލިބިއްޖެކަމުގެ ލިޔުން ލިބުނު ފަރާތްތަކުގެ ތެރެއިން އެކަމަށް އެދޭ ފަރާތްތަކަށް ސަރުކާރުގެ ހާއްސަ ސްކީމެއްގެ ދަށުން އެ ގޯތިތަކުގައި ގެދޮރު އިމާރާތްކޮށްދީ އެފަރާތްތަކުގެ ގޯތި ނިމިފައިވާ އާ ގެތަކާއެކު އަލުން ހަވާލު ކުރެވޭނެ މަގު ފަހި ކޮށްދިނުން ހިމެނެއެވެ.

އޭގެ އިތުރުން މުއިއްޒު ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ސަރުކާރެއްގައި ފްލެޓް ދޫކުރާއިރު އެންމެ އިސްކަމެއް ދެއްވާނީ ކުރީ ސަރުކާރުގައި ލިޔުން ހަވާލުކޮށް، މި ސަރުކާރުން ފްލެޓް ނުދިން މީހުންނަށް ފްލެޓް ދިނުމަށް ކަމަށެވެ.

ރޭގެ ޖަލްސާގައި މުއިއްޒުގެ މެނިފެސްޓޯގެ އެއް ސިޔާސަތު އިފްތިތާހު ކޮށްފައި ވާއިރު، ކުރިއަށް އޮތް ތަނުގައި އިތުރު ސިޔާސަތުތައް ހާމަކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް