އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ނޫސްވެރިޔާ އަބްދުﷲ ނަސީރު ބަންދުން ދޫކޮށްލައިފި އެވެ.
ނަސީރު އެ މައްސަލައިގަ ހައްޔަރު ކުރީ މިދިޔަ މަހުގެ29 ވަނަ ދުވަހު އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ހައްޔަރުކުރީ ބަންގްލަދޭޝްގެ ފިރިހެނެއް ކަމަށްވާ، މަޝްހޫރު އާލަމްގީރުއާ އެކު އެއް ޖިންސުން ގުޅުން ހިންގި މައްސަލައަކު ނޫނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މީޑިއާގައި ވިދާޅުވީ އެއް ޖިންސުން ގުޅުން ހިންގި މައްސަލައާ ގުޅިގެން ހައްޔަރުކުރި 28 އަހަރުގެ މީހާގެ މައްސަލަ ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އަދި އޭނާ އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް އެ އޮފީހުން ލަފާދީފައިވާތީ މިދިޔަ ބުރާސްފަތި ދުވަހު ދޫކޮށްލާފައިވާ ކަމަށެވެ.
އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި އަލަންގީރުއާ އެކު ތިން މީހަކު ހައްޔަރު ކުރި އެވެ. އޭގެ ތެރެއިން ބަންދުގައި މިހާރު ކުރީ އަލަންގީރު އެކަންޏެވެ.
އަނެއް ތިން މީހުންނަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އަށް ވަނީ ފޮނުވާފަ އެވެ. އެމީހުންވެސް ދޫކޮށްލީ ޕީޖީގެ ލަފާއަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް