މާލޭގައި މިނީ ބަހުގެ ޓެސްޓު ދަތުރުތަކެއް ބާއްވައިފި އެވެ.
އެމްޓީސީސީން ބުނީ މި ޓެސްޓު ދަތުރުތަކުގެ މަގުސަދަކީ ރަސްމީކޮށް މިނީ ބަހުގެ ހިދުމަތް މާލޭގައި ފެށުމުގެ ކުރިން ކަސްޓަމަރުންގެ ތަޖުރިބާ ރަނގަޅު ކުރުމަށްޓަކައި ބަސް ރޫޓްތައް ތަޖުރިބާ ކުރުން ކަމަށެވެ. ޓެސްޓު ދަތުރުތައް ކޮށްފައިވަނީ މިނީ ބަހުގެ ހިދުމަތުގެ ކަމާ ގުޅޭ ފަރާތްތަކާއެކު އިއްޔެ އެވެ.
މި ދަތުރުތައް ކުރިއަށް ގެންދިޔަ މި ޓެސްޓު ދަތުރުގައި ބޮޑުތަކުރުފާނު މަގާއި އަމީނީ މަގުގެ އިތުރުން މަޖީދީ މަގުގައި އެވެ.
މިނީ ބަހުގެ ހިދުމަތް ދިނުމަށ މަގުތައް ތައްޔާރުކޮށްދިނުމުގެ ގޮތުން ސިޓީ ކައުންސިލުން ވަނީ މަޖީދީ މަގުގައި ޕާކު ކުރުން މަނާކޮށްފަ އެވެ. އަދި ބަސް ސްޓޮޕްތައް ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މާލޭގައި ބޭނުން ކުރާ މިނީ ބަސްތަކަކީ 20 މީހުންގެ ޖާގައިގެ ބަސްތަކެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް