'ފަސްގަނޑު' ގެ ނަމުގައި ކުނި މެނޭޖްކުރުމުގެ ގައުމީ ކެމްޕޭނެއް ފަށަން ނިންމައިފި އެވެ.
އެންވަޔަރަމެންޓު މިނިސްޓްރީން ބުނީ މި ކެމްޕެއިނަކީ ދެމެހެއްޓެނިވިގޮތުގައި ކުނި މެނޭޖްކުރުމާގުޅޭ ހޭލުންތެރިކަން އިތުރުކުރުމަށް ކުރިއަށްގެންދާ ކެމްޕެއިނެއް ކަމަށެވެ.
މި ކެމްޕޭން ރަސްމީކޮށް ކުރުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ.
ދިވެހިރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ ތިމާވެށީގެ އެންމެ ބޮޑު މައްސަލައަކީ ރަށްތަކުގައި އުފެދޭ ކުނި އެކަށީގެންވާ ގޮތެއްގައި މެނޭޖްކުރުމަށް ދިމާވާ ދަތިތަކުގެ މައްސަލައެވެ. ގުދުރަތީގޮތުން ރާއްޖެ އުފެދިފައި އޮތް ގޮތުގެ ސަބަބުން، ކުނި މެނޭޖްކުރުމަށް ގިނަ ގޮންޖެހުންތައް އަންނަނީ ކުރިމަތިވަމުންނެވެ.
ދެމެހެއްޓެނިވި ގޮތެއްގައި ކުންޏާއި ވަޞީލަތްތައް މޭނޭޖްކުރުމާއި، މި މުހިންމު މަސައްކަތް ރާވާ ހިންގުން އިތުރަށް ހަރުދަނާކުރުމަށް ދިރާސާތަކެއް ކުރެވި، ޢާންމު ރައްޔިތުންނަށް އަމާޒުކުރެވިގެން ކެމްޕެއިނެއް ފަރުމާކޮށް ، ޕްލޭންތަކެއް އެކުލަވާލެވި، މި ކެމްޕެއިން ތަންފީޒުކުރުމަށް ބޭނުންވާ "ފަސްގަނޑު" ނުވަތަ ޓޫލްކިޓް ވަނީ މިނިސްޓްރީގެ ފަރާތުން ތައްޔާރުކޮށްފައެވެ.
މިނިސްޓްރީން ބުނީ މާދަމާ ހު އިފްތިތާޙު ކުރެވޭ 'ފަސްގަނޑު' ގައުމީ ކެމްޕޭނަކީ ފަރުދީ ފެންވަރުން ފެށިގެން ރަށު ފެންވަރުގައި، ސަރަޙައްދީ އަދި ގައުމީ ފެންވަރުގައި ކުންޏާއި ވަޞީލަތްތައް މެނޭޖްކުރުން މިހާރަށްވުރެ ހަރުދަނާކުރުމަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކެމްޕޭނެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް