ކުވައިތު އެއާވށްގެ ދަތުރުތައް ރާއްޖެއަށް ފަށަން ނިންމައިފި އެވެ.
އެއެއާލައިންގެ ދަތުރުތައް ފަށަން މިހާރު ހަމަޖައްސާފައި އޮތީ އަންނަ އޮކްޓޯބަރު މަހުގެ31 ވަނަ ދުވަހު އެވެ. ދަތުރުތައް ފެށުމުގެ ގޮތުން ޝެޑިއުލް ކޮށްފައިވަނީ ހަފްތާ އަކު ދެ ދަތުރެވެ.
އެއާލައިނުން ބުނެފައިވާ ގޮތުގައި ޑިމާންޑަށް ބަލައި ދަތުރުތައް އިތުރު ކުރުމަކީ ކުރާނެ ކަމެއް ކަމަށެވެ. ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބޭނުން ކުރުމަށް ހަަޖެހިފައިވަނީ އޭ320 މަރުކާރުގެ މަތިންދާބޯޓުތަކެވެ.
ކުވައިތު އެއާވޭސްގެ އިތުރުން ޔޫއޭއީގެ އެންމެ އަގު ހެޔޮ އެއާލައިން ވިޒް އެއާގެ ދަތުރުތައް ރާއްޖެއަށް ވަރަށް އަވަހަށް ފަށާނެ އެވެ.
މިހާރުވެސް ރާއްޖެއަށް25 އަށްވުރެ ގިނަ އެއާލައިނުން ދަތުރު ކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް