ރަތަފަންދޫގައި ގޭސްފުޅެއް ގޮވައި ފިހުނު އަންހެނަކު މަރުވެއްޖެ

ގދ.ރަތަފަންދޫގައި ގޭސްފުޅިއެއް ގޮވައި ފިހުނު އަންހެނަކު މަރުވެއްޖެ އެވެ. ގޭސް ފުޅީ ގޮވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ ހާދިސާ ހިނގީ ގޭސް ލީކުވެފައި ހުއްޓަ އެމީހާ އުނދުން ރޯކުރުމުން ގޭސްފުޅި ގޮވައިގ...

21 Aug 2022 | 04:11

ގދ.ރަތަފަންދޫގައި ގޭސްފުޅިއެއް ގޮވައި ފިހުނު އަންހެނަކު މަރުވެއްޖެ އެވެ.

ގޭސް ފުޅީ ގޮވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ ހާދިސާ ހިނގީ ގޭސް ލީކުވެފައި ހުއްޓަ އެމީހާ އުނދުން ރޯކުރުމުން ގޭސްފުޅި ގޮވައިގެންނެވެ.

އެމީހާ މަރުވީ އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާ ދެމުންދަނިކޮށެވެ.

އުމުރުން53 އަހަރުގެ އެމީހަށް ފުރަތަމަ ފަރުވާ ދީފައިވަނީ ގދ. ތިނަދޫ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި އެވެ.

މި ހާދިސާގައި އެމީހާގެ ހަށިގަނޑުގެ ދެބައިކުޅަ އެއްބައި ފިހިފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް