ބޮލީވުޑްގެ ބަތަލާ ސޯނަމް ކަޕޫރަށް ފުރަތަމަ ދަރިިފުޅު ލިބިއްޖެ އެވެ.
އޭނާ ވަނީ އިއްޔެ ވިހޭކަން އިންސްޓަގްރާމް މެދުވެރިކޮށް ރަސްމީކޮށް އިއުލާނު ކޮށްފަ އެވެ. ސޯނަމަށް ލިބުނީ ފިރިހެން ކުއްޖެކެވެ.
އޭނާ ވަނީ ބަލިވެ އިނީންސުރެ ވިހެއުމާއި ހަމައަށް އާއިލާ އާއި ޑޮކްޓަރުންނާއި ނަރުން އަދި ސަޕޯޓަރުންގެ ފަރާތުން ލިބުނު ލޯތްބާއި އަޅާލުމަށް ޝުކުރު އަދާކޮށްފަ އެވެ.
ސޯނަމް ބުނީ އަލަތު ދަރިފުޅު ވިހެއުމާއި އެކު މުޅިން އާ ދިރިއުޅުމެއް ފެށިފައިވާ ކަމަށެވެ. އަދި ހާއްސަކޮށް ފިރިމީހާ އަނަންދު އަހޫޖާ އާއި ދެމީހުންގެ ދިރިއުޅުން އުމުރަށް ބަދަލުވީ ކަމަށްވެސް ބުންޏެވެ.
ސޯނަމް އާއި އަނަންދު ކައިވެނި ކުރީ 2018 ވަނަ އަހަރު އެވެ. އަނަންދަކީ ވިޔަފާރިވެރިއެކެވެ.
ސޯނަމް އެންމެ ފަހުން ފެނިގެން ދިޔައީ 2019 ވަނަ އަހަރު ރިލީޒް ކުރި ފިލްމު "ދި ޒޯޔާ ފެކްޓާ" އިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް