މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ޒަޚަމްކޮށްލައިފި

މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ޒަޚަމްކޮށްލައިފިއެވެ. މި ހާދިސާ ހިންގާފައިވަނީ ރޭ ގާތްގަޑަކަށް 11:30 ހާއިރުއެވެ. އަދި ޒަޚަމްވި ޒުވާނާގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށް ވަނީ މައުލ...

21 Aug 2022 | 02:02

މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ޒަޚަމްކޮށްލައިފިއެވެ.

މި ހާދިސާ ހިންގާފައިވަނީ ރޭ ގާތްގަޑަކަށް 11:30 ހާއިރުއެވެ. އަދި ޒަޚަމްވި ޒުވާނާގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ހެންވޭރު އަސްރަފީ މަގުގައި މި މާރާމާރީ ހިންގީ ހަތަރު މީހުންގެ ގްރޫޕަކުން ކަމަށް ވެސް ބައެއް ރިޕޯޓުތައް ބުނެއެވެ.

އެހެންނަމަވެސް މިކަމާއިގުޅޭގޮތުން ކަމާއިބެހޭ އިދާރާތަކުން މިހައިތަނަށް އެއްޗެއް ބުނެފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް