އެޗްޑީސީގެ އެންގުމށް ހިޔާ ފްލެޓުތަކަށް ކަރަންޓު ދިނުން މެދުކަނޑާލައިފި

ހިޔާ ޓަވަރުތަކުގެ ލިފްޓްތައް ކޮމިޝަން ކޮށް ނިމެން ދެން ކަރަންޓުދިނުން މެދުކަނޑާލައިފި އެވެ. ސްޓެލްކޯ އިން ބުނީ ހިޔާ ޓަވަރުތަކަށް ކަރަންޓު ދިނުން މެދުކަނޑާލީ ވަގުތީގޮތުން ކަމަށެވެ. އަދި ހިޔާ ޓަވަރުތަކު...

21 Aug 2021 | 18:12

ހިޔާ ޓަވަރުތަކުގެ ލިފްޓްތައް ކޮމިޝަން ކޮށް ނިމެން ދެން ކަރަންޓުދިނުން މެދުކަނޑާލައިފި އެވެ.

ސްޓެލްކޯ އިން ބުނީ ހިޔާ ޓަވަރުތަކަށް ކަރަންޓު ދިނުން މެދުކަނޑާލީ ވަގުތީގޮތުން ކަމަށެވެ. އަދި ހިޔާ ޓަވަރުތަކުގެ ލިފްޓްތައް ކޮމިޝަން ކޮށް ނިމެން ދެން އެ ޓަވަރުތަކަށް ކަރަންޓުގެ ޚިދުމަތް ދިނުން ވަގުތީގޮތުން މެދުކަނޑާލަން އެޗްޑީސީން އެދިފައިވާ ކަމަށެވެ.

ސްޓެލްކޯ އިން ބުނީ ހިޔާ ޓަވަރުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ދެން ކުރިޔަށް ގެންދާނީ އެ މަސައްކަތްތައް ނިމި، ޚިދުމަތް ދިނުން ކުރިޔަށް ގެންދިއުމަށް އެޗްޑީސީން އެންގުމުން ކަމަށެވެ.

"އެޗްޑީސީން އެގޮތައް އެދިފައި ވަނީ ހުކުރު ދުވަހު ހިޔާގެ ޓަވަރެއްގެ ލިފްޓެއްގެ ތެރޭ ބަޔަކު ތާށިވެފައި ވާތީ ލިފްޓްތައް ކޮމިޝަން ނުކޮށް ހުރެއްޖެނަމަ އެފަދަ އިތުރު ހާދިސާތަކެއް މެދުވެރިވެދާނެ ކަމަށް ބަލާފަ. އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށް އިސްކަން ދިނުމުގެ ގޮތުން." އެޗްޑީސީން ބުނެފައިވާ ކަމަށް ސްޓެލްކޯއިން ބުނެ އެވެ.

https://twitter.com/STELCOMALDIVES/status/1429125292728016900

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހައުސިން ޔުނިޓް ތަކަށް ކަރަންޓް ދިނުމުގެ މަސައްކަތް ސްޓެލްކޯއިން ފެށީ މި މަހުގެ 17 ގަ އެވެ.

އެގޮތުން އެންމެ ފުރަތަމަ ކަރަންޓް ދީފައިވަނީ އެޗް 15 އާއި އެޗް 16 އަށެވެ. އަދި މި މަހު 18 ވަނަ ދުވަހު ވަނީ ހިޔާ ފްލެޓް ގެ ޓަވަރު 11 އަދި ޓަވަރު 12 އަށް ކަރަންޓްގެ ފޯރުކޮށް ދީފަ އެވެ.

މީގެ އިތުރުން ޓަވަރު 7 އަދި 8 އަށް މިމަހު 19 ވަނަ ދުވަހު ސްޓެލްކޯއިން ކަރަންޓްގެ ފޯރުކޮށްދީފައި ވެއެވެ.

ހިޔާ ފްލެޓްތަކަށް ކަރަންޓް ދިނުމުގެ މަސައްކަތް މީގެ ކުރިން ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 9 އިން ހަވީރު 5 އަށް ސްޓެލްކޯ ދިޔައީ ކުރަމުން ނެވެ. އަދި ކަރަންޓް ދޭނެ ދެ ޓަވަރަކީ ކޮބައިކަން ސްޓެލްކޯގެ ސޯޝަލް މީޑިއާގައި މެދުވެރިކޮށް އަންނަނީ ޢާންމުކުރަމުން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް