ރާއްޖެއިން އިތުރު110 މީހުން ކޯވިޑް-19 އށް ޕޮސިޓިވް ވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މިއަދު އަތޮޅުތެރެއިން 73 މީހުން ޕޮސިޓިވްވެފައިވާ ކަމަށެވެ. މާލެއިން 34 މީހުން ޕޮސިޓިވްވެފައިވާއިރު ރިސޯޓުތަކުން ކޯވިޑް ޖެހިފައިވަނީ ތިން މީހުންނަށެވެ.
މިއަދު ކޯވިޑަށް ޓެސްޓު ކޮށްފައިވަނީ 4،966 ސާމްޕަލެވެ.
މިވަގުތު ކޯވިޑަށް ފަރުވާދެމުން ދަނީ 1،677 މީހުންނަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނީ 17 މީހުންނަށެވެ.
ކޯވިޑް ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 77،953 އަށް އަރާފައި އެވެ.
އަދި ބަލީގައި މިހާތަނަށް މަރުވެފައިވަނީ 222 މީހުންނެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވަނީ 79،864 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް