ނިޒާމް ބަދަލު ކުރަން ހުށަހަޅާ ޕެޓިޝަންގައި ގިނަ ބަޔަކު ސޮއި ކުރުމަށް ނަޝީދު އެދިވަޑައިގެންފި

ރާއްޖޭގައި އަމަލު ކުރަމުންދާ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށް ހުށަހެޅުމަށް ވެރިކަން ކުރާ އެމްޑީޕީތެރެއިން ތައްޔާރު ކުރަމުންދާ ޕެޓިޝަންގައި ސޮއި ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރަ...

21 Aug 2021 | 17:00

ރާއްޖޭގައި އަމަލު ކުރަމުންދާ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށް ހުށަހެޅުމަށް ވެރިކަން ކުރާ އެމްޑީޕީތެރެއިން ތައްޔާރު ކުރަމުންދާ ޕެޓިޝަންގައި ސޮއި ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމދު ނަޝީދު އެދިވަޑައިގެންފި އެވެ.

މިއަދު ސޮއިކުރަން ފެށި ޕެޓިޝަނަކީ އެމްޑީޕީގެ ބައެއް އިސް ބޭފުޅުންނާއި އެ ޕާޓީގެ އާންމު މެންބަރުން އިސްވެ ތައްޔާރު ކުރަން ފަށާފައިވާ ޕެޓިޝަނެކެވެ. ޕެޓިޝަންގައި ސޮއި ކުރުމުގައި އިސްކޮށް ތިއްބެވި މަޖިލީސް މެމްބަރުންގެ ތެރޭގައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) އާއި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު ހިމެނިވަޑައިގެންނަވަ އެވެ.

ނަޝިދު ވަނީ އެމްޑިޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް މި ޕެޓިޝަނާއި ގުޅިގެން މެސެޖެއް ކުރައްވާފަ އެވެ. އެ މެސެޖުގައި ވިދާޅުވެފައިވަނީ ވީހާވެސް ގިނަ ބޭފުޅުން ޕެޓިޝަންގައި ސޮއިކޮށްދެއްވުން ވަރަށް އެދިވަޑއިގެންނަވާ ކަމަށެވެ.

މި ޕެޓިޝަނަކީ 2018 ވނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީން އެކުލަވާލި މެނިފެސްޓޯގައި ގާނޫނު އަސާސީއަށް ބަދަލު ގެނެސް ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ފުރޮޅާލުމަށް ރަައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގެންފައިވާ ވައުދު ފުއްދެވުމަަށް ބާރުއެޅުމުގެ ގޮތުން ތައްޔާރުކުރަން ފަށާފައިވާ ޕެޓިޝަނެކެވެ.

ވެރިކަމުގެ ނިޒާމު ބަދަލު ނުކުރެވިގެން ޕެޓިޝަނެއް ހުށަހެޅުމަށް ތައްޔާރުވަމުންދާއިރު ސަރުކާރު އުވާލާ، ރާއްޖޭގެ ހިންގުން ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑުވަޒީރުކަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެ ނަޝީދު ވަނީ ރައީސް ސޯލިހަށް މެސެޖަކުން ދަންނަވާފަ އެވެ. އެ މެސެޖުގެ ޖަވާބުގައި ރައީސް ވިދާޅުވެފައިވަނީ ވެރިކަމުގެ ނިޒާމު ކަނޑައަޅާފައިވަނީ ރައްޔިތުންގެ ވޯޓަކުން ކަމަށް ވާތީ ނިޒާމު ބަދަލު ކުރެވޭނީވެސް ރައްޔިތުންގެ ވޯޓަކުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް