އިމްރާން އުފާވާ އެއްކަމަކީ އުމުރުން ތިން އަހަރުގަ އަމީތާބު އޭނާ ކޮލުގައި ހިފާ ދަމާލުން!

މަޝްހޫރު ތަރިންނާއި ބައްދަލުވެ ދެކެވިފައި ހުންނަ ވާހަކަތަކާއި ފޮޓޯތަކުގެ ވާހަކައަކީ އަބަދުވެސް އެމީހެއްގެ ހަނދާނުގައި ހުންނަ ކަންކަމެވެ. ހާއްސަކޮށް އިންޑިއާގައި އަމީތާބް ބައްޗަން، ޝަރުކް ހާން، ސަލްމާނ...

21 Aug 2021 | 14:01

މަޝްހޫރު ތަރިންނާއި ބައްދަލުވެ ދެކެވިފައި ހުންނަ ވާހަކަތަކާއި ފޮޓޯތަކުގެ ވާހަކައަކީ އަބަދުވެސް އެމީހެއްގެ ހަނދާނުގައި ހުންނަ ކަންކަމެވެ.

ހާއްސަކޮށް އިންޑިއާގައި އަމީތާބް ބައްޗަން، ޝަރުކް ހާން، ސަލްމާން ހާން މެމްފަދަ މީހަކާއި ދިމަވުމަކީ ދެދުނިޔެ ލިބުންފަދަ ކަމެއްގެ ގޮތުގައި އެމީހުން ސިފަ ކުރެއެވެ. މިފަހަރުވެސް މިއޮތީ އެފަދަ ވާހަކައެކެވެ.

ބޮލީވުޑްގެ ބަތަލް އިމްރާން ހާޝިމީ ދިން އިންޓަވިއުއެއްގައި ބުނީ އޭނާގެ އުމުރުން އެންމެ ތިން އަހަރުގައި އަމީތާބާއި ބައްދަލުވި ކަމަށް އޭނާގެ މަންމަ ބުނެފައިވާ ކަމަށެވެ. އަމީތާބާއި ބައްދަލުވެފައިވަނީ މުމްބާއީގައި އޭނާ މަންމަ މެނޭޖަރުކަން ކުރާ ހޮޓަލެއްގެ ތެރެއިން ކަމަށާއި އެތަނަށް ގޮސް އުޅުނީ އޭރު އަމީތާބު ޝޫޓް ކުރަމުންދިޔަ ފިލްމު "ނަސީބް" ގެ މަސައްކަތެއްގައި ކަމަށެވެ.

އެދުވަހު އިމްރާން މަންމަ ޑިއުޓީއަށް ދިޔައީ އިމްރާން ގޮވައިގެންނެވެ. އަމީތާބު ހޮޓަލުގެ ތެރެއިން ދެމައިންނާ ބައްދަލުވުމުން ވަރަށް ލޯބިން އިމްރާންގެ ކޮލުގައި ހިފާލި ކަމަށް މަންމަ ބުނި ކަމަށް އިމްރާން ބުނެފައިވެ އެވެ. އިމްރާން ބުނީ އެ ވާހަކަ ކިޔައިދިން ފަހުން އަމީތާބަކީ އޭނާގެ އެންމެ ވަރުގެ ސްޓާރު ކަމަށެވެ.

އިމްރާން ބުނީ އަމީތާބުގެ ފިލްމުތަކުގެ ތެރެއިން "ޝޯލޭ" އާއި "ނަޓްވަރްލާލް" 50-100 އާއި ގާތް ކުރާ އަދަދަކަށް ބެލިފައިވާނެ ކަމަށެވެ. އިމްރާން ބުނީ އެ ފިލްމުތައް އެވަރަށް ބެލި ވާހަކަ އާއި އޭނަގެ ކޮލުގައި ހިފާލި ވާހަކަ އަމީތާބު ކައިރީ ބުނެފައިވާ ކަމަށެވެ.

އިމްރާން މިހާރު ކުޅެމުންދާ ބޮލީވުޑް ފިލްމު "ޗެހްރޭ" ގައި އަމީތާބު ފެނިގެންދާނެ އެވެ. ދެ ތަރިންގެ ދެމެދުގައި މި ވާހަކަތައް ބަދަލުކޮށްފައިވަނީ ޝޫޓިންގެ ތެރެއިންނެވެ.

އެ ފިލްމުގައި ފެނިގެންދާ އިތުރު ތަރިންގެ ތެރޭގައި ޓީވީ ޑްރާމާ ސިލްސިލާތަކުން މަޝްހޫރުކަން ހޯދާފައިވ ކްރިސްޓަލް އާއި ރިއާ ޗަކްރަބަތީ ހިމެނެ އެވެ.

ފިލްމު "ޗެހްރޭ" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 27 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް