ހަނިމާދޫ ފަޅުގައި ތިން ރިސޯޓު ތަރައްގީ ކުރަނީ

ހދ. ހަނިމާދޫ ފަޅުތެރޭގައި މަދުވެގެން ތިން ރިސޯޓް ތަރައްގީ ކުރާނެކަމަށް ހަނިމާދޫ ކައުންސިލްގެ ރައިސް އަބްދުލް ސައްތާރު ހަސަން ވިދާޅުވެއްޖެއެވެ. ސައްތާރު މިހެން ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީން ފަތުރުވެރި...

21 Aug 2021 | 13:15

ހދ. ހަނިމާދޫ ފަޅުތެރޭގައި މަދުވެގެން ތިން ރިސޯޓް ތަރައްގީ ކުރާނެކަމަށް ހަނިމާދޫ ކައުންސިލްގެ ރައިސް އަބްދުލް ސައްތާރު ހަސަން ވިދާޅުވެއްޖެއެވެ.

ސައްތާރު މިހެން ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީން ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށް، އުތުރުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި ރޭ ހަނިމާދޫ އިޖްތިމާއީ މަރުކަޒުގައި ބޭއްވި ޖަލުސާގައެވެ. މި ޖަލްސާގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ބައިވެރިވެވަޑިގެންނެވި އެވެ.

ޖަލްސާގައި ވާހަކަ ދައްކަވަމުން ހަނިމާދޫ ކައުންސިލްގެ ރައީސް ސައްތާރު ވިދާޅުވީ ހަނިމާދޫ ފަޅު ބޭނުންކޮށްގެން މަދުވެގެން ތިން ރިސޯޓު ތަރައްގީ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ހަނިމާދޫ ފަޅުގައި ރިސޯޓު ހެދުމަކީ މި ދައުރުގައި ކުރަން ކައުންސިލުން ގަސްދުކުރާ އަދި ވަރަށް ބޮޑު ހުވަފެނެއް ކަމަށް ވިދާޅުވި އެވެ.

ސައްތާރު ވިދާޅުވީ މިހާރު އޮތް ކައުންސިލްގެ ފަސް އަހަރުގެ ދައުރު ނިމެންވާއިރަށް އުންމީދަކީ ރައްޔިތުންގެ ލަފަޔާ އެހީތެރިކަމާއެކު މަދުވެގެން 1،000 ޓޫރިސްޓު އެދު ހަނިމާދޫގައި ގާއިމްވެގެން ދިޔުންކަމަށެވެ. އޭނާ ވިދާޅުވީ މި އަމާޒަކީ އެ ރަށުގައި އޮތް އިންޓަނޭސަނަލް އެއާޕޯޓާ އެކު ކުރެވޭނެ ކަމަމެއް ކަމަށެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު މައުސޫމްގެ އިތުރުން ހދ. އަތޮޅު ކައުންސިލްގެ ރައީސް ބައިވެރިވެވަޑައިގެންފަވެ އެވެ. އަދި ގިނަ އަދަދެއްގެ ރައްޔިތުންވެސް ވަނީ މިޖަލުސާގައި ބައިވެރިވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް