ކޯވިޑާއި ގުޅިގެން ލަންކާ ލޮކްޑައުން ކުރުމުން ރާއްޖޭގެ ފިޔަވަޅުތައްވެސް ހަރުދަނާ ކުރަން ޖެހޭ: މައުމޫން

ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރަން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ގޮވާލައްވައިފި އެވެ. މިދިޔަ އޭޕްރިލް މަހުން ފެށިގެން ރާއްޖޭގެ ކޯވިޑް ...

21 Aug 2021 | 12:56

ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރަން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ގޮވާލައްވައިފި އެވެ.

މިދިޔަ އޭޕްރިލް މަހުން ފެށިގެން ރާއްޖޭގެ ކޯވިޑް ހާލަތު ވަރަށް ބޮޑަށް ގޯސްވުމަށް ފަހު ހަމަޔަކަށް އެޅުނީ ޖޫން މަސް ފެށުނު ފަހުންނެވެ. މިހާރު ރާއްޖޭގައި ކޮންމެ ދުވަހަކު ކޯވިޑް ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް ކޮންޓްރޯލްވެފައިވާއިރު ކޯވިޑާއި ގުޅިގެން އަޅާފއިވާ ގިނަ ފިޔަވަޅުތަކަށް ވަނީ ވަރަށް ބޮޑަށް ލުއި ދީފަ އެވެ.

ރައީސް މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޯވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އަވައްޓެރި ޝްރީލަންކާގައި ރެއިން ފެށިގެން މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ލޮކްޑައުން އިއުލާނު ކޮށްފައިވާ ކަމަށެވެ. މައުމޫން ވިދާޅުވީ ކޯވިޑާއި ގުޅިގެން ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތައްވެސް އިތުރަށް ހަރުދަނާކުރަން ޖެހޭ ކަމަށެވެ.

އެމަނިކުފާނުގެ ޓުވީޓުގައި މިކަމަށް ގޮވާލައްވާފައިވަނީ އެޗްޕީއޭ ޓެގް ކުރައްވަ އެވެ.

https://twitter.com/maumoonagayoom/status/1428976518991020034

މައުމޫން މިހެން ވިދާޅުވިއިރު ކޯވިޑާއި ގުޅިގެން އެޅި ފިޔަވަޅުތަކަށް ލުއި ދިންތާ މަހެއް ވެފައިވައިރު ރާއްޖޭގެ ކޯވިޑްގެ ހާލަތު ގޮސްވެގެންދާތަން ފެނިގެންނެތް ނުދެ އެވެ.

އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އިއްޔެ ރާއްޖެއިން ކޯވިޑް ޖެހިފައިވަަނީ 95 މީހުންނަށެވެ. އޭގެ ތެރެއިން 62 މީހުންނަށް އަތޮޅުތެރެއިން ބަލި ޖެހިފައިވާއިރު މާލެއިން އިއްޔެ ކޯވިޑަށް ޕޮސިޓިވްވީ 24 މީހުންނެވެ. އިއްޔެ ރިސޯޓުތަކުން ނުވަ މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް