ބަނގުރާ ބުއި މީހެއްގެ ގައިގައި ހައްދު ޖަހަން ހުކުމްކޮށްފި

މަސްތުވުމަށް ބަނގުރާ ބޭނުން ކުރާ ކަމަށް އިއުތިރާފްވި މީހެއްގެ ގައިގައި ދުއްރައިން 40 އެތިފަހަރުން ހައްދު ޖެހުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. ކްރިމިނަލް ކޯޓަށް މިދިޔަ އަހަރުގެ އޭޕްރިލް މަހު ހު...

21 Aug 2021 | 12:39

މަސްތުވުމަށް ބަނގުރާ ބޭނުން ކުރާ ކަމަށް އިއުތިރާފްވި މީހެއްގެ ގައިގައި ދުއްރައިން 40 އެތިފަހަރުން ހައްދު ޖެހުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ކްރިމިނަލް ކޯޓަށް މިދިޔަ އަހަރުގެ އޭޕްރިލް މަހު ހުށަހެޅި މައްސަލަ ބެލުމަށްފަހު މި މަހުގެ 17 ވަނަ ދުވަހު ކުރި އެ ހުކުމްގައި ބުނެފައި ވަނީ އޭނާގެ މައްޗަށް ހުށަހަޅާފައިވާ ބަނގުރާ ބުއިމުގެ ކުށުގެ ދައުވާ ޝަރީއަތުން ބެލިބެލުމުން، އޭނާ މިދިޔަ އަހަރުގެ މާރިޗް މަހުގެ ހަތަރު ވަނަ ދުވަހު 20:41 އެހާކަށްހާއިރު، މާލޭގެ ގެއެއްގައި މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތު ކުރެވުނު މައްސަލައާ ގުޅިގެން ހައްޔަރު ކުރި ކަމަށެވެ.

އޭނާ މަސްތުވުމަށް ބަނގުރާ ބޭނުންކުރާކަަށް އިބްތިދާއީ އަޑުއެހުމާއި އަވަސްނިޔާގެ އަޑުއެހުމުގައި އިއުތިރާފްވެފައިވާ ކަމަށްވެސް އެ ހުކުމްގައި ވެއެވެ.

އެހެންކަމުން އޭނާ އެކަމަށް އިއުތިރާފްވެފައިވާތީ އޭނާގެ ގައިގައި 40 (ސާޅީސް) އެތިފަހަރުން ޖަލްދުކުރުމަށް ހުކުމްކޮށް، އޭނާ ނުވަ ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައި ވެއެވެ.

އެހެން ނަމަވެސް އޭނާއަށް ކަނޑައެޅި އަދަބަށްވުރެ ގިނަ ދުވަހު ޖަލުގައި ހޭދަކޮށްފައިވާތީ އޭނާ ތަންފީޒުކުރަން ޖެހޭ ޖަލު ހުކުމެއް ނެތް ކަމަށް ކަނޑައަޅާފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް