ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެ ކޮޅު މުލިއާގޭ ކައިރީގައި ބޮމެއް ގެންގުޅޭ ކަމަށް ބުނެގެން ހައްޔަރު ކުރި މީހާ ދޫކޮށްލައިފި އެވެ.
މި މައްސަލައިގަ ފުލުހުން ދެމީހަކު ހައްޔަރު ކުރި އެވެ. އެ ދެމީހުން މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު ހައްޔަރު ކުރުމަށް ފަހު ޖެހިގެން އައި ދުވަހު އެކަކު ދޫކޮށްލީ ބޮން ގެންގުޅޭ ކަމަށް ބުނި މީހާ ބަންދުގައި ބެހެއްޓުމަށް ފަހު އެވެ.
އޭގެ ފަހުން އެމީހގެ ބަަންދުގެ މުއްދަތު ދެ ފަހަރު އިތުރުކޮށްފައިވެ އެވެ.
ފުލުހުން މީޑިއާގައި ބުނީ އެމީހާ ދޫކޮށްލީ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން އޭނާ އާއި ދެކޮޅަށް ދައުވާ ނުކުރުމަށް ނިންމުމުން ކަމަށެވެ. ޕީޖީ އޮފީހުން އެގޮތަށް ނިންމުމުން ފުލުހުން ވަަނީ މިމަަހުގެ އެއް ވަނަ ދުވަހު އިތުރު ކުރި15 ދުވަހުގެ ބަންދުގެ މުއްދަތު ހަމަވުމުން ދޫކޮށްލާފަ އެވެ.
އެމީހުން ހައްޔަރު ކުރީ މުލިއާގޭ ކައިރީގައި އެ ދެ މީހުން އުޅުނު އިރު ގެންގުޅުނު ދަބަހެއްގައި ބޮމެއް އޮތް ކަމަށް ބުނުމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރު ކުރުމުން އެ ދެ މީހުން އެހެން ބުނީ މަޖަލަކަށް ކަމަށް ބުނެފައިވެ އެވެ. މަޖަލަކަށް ބުނި ނަމަވެސް ރައީސް ދިރިއުޅުއްވާ ގެކޮޅާއި އެއާޕޯޓާއި އެނޫންވެސް ހައި ސެކިއުރިޓީ ސަރަހައްދުތަކުގައި މަޖަލަކަށްވެސް ގައުމީ ސަލާމަތައް ނުރައްކާވާނެ ޒާތުގެ ވާހަކައެއް ދެއްކުމަކީ ގާނޫނީ ކުށެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް