އެމްޑީޕީގެ އިސްތިއުނާފްގެ މަޖިލީހަށް މެމްބަރުން ހޯދަނީ

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީގެ އިސްތިއުނާފްގެ ފަނޑިޔާރުންގެ މަޖިލީހުގެ ހުސްވެފައިވާ ގޮނޑިތަކަށް މެމްބަރުން ހޯދުމަށް އިއުލާނު ކޮށްފި އެވެ. އެމްޑީޕީ އިން މިއަދު ކުރި އިއުލާނެއްގައި ބުނ...

21 Aug 2021 | 09:19

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީގެ އިސްތިއުނާފްގެ ފަނޑިޔާރުންގެ މަޖިލީހުގެ ހުސްވެފައިވާ ގޮނޑިތަކަށް މެމްބަރުން ހޯދުމަށް އިއުލާނު ކޮށްފި އެވެ.

އެމްޑީޕީ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ޕާޓީގެ ފަނޑިޔާރުންގެ މަޖިލީހުގެ ނުވަ ގޮނޑިއެއް ހުސްވެފައިވާ ކަމަށެވެ. އެހެންކަމުން އެ ނުވަ ގޮނޑިޔަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ވަނީ ހުޅުވައިލާފަ އެވެ.

އިސްތިއުނާފްގެ ފަނޑިޔާރު މަޖިލީހުގެ މެންބަރު ކަމަށް ކުރިމަތިލެވޭނީ އެ ޕާޓީގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް އެކަންޏެވެ. އަދި އެމަގާމަށް ކުރިމަތިލާ މީހުން އެ ޕާޓިގެ ގައުމީ މަޖިލީހުގެ މެންބަރަކަށް ވެސް ވާން ޖެހޭނެ އެވެ.

އެ މަޖިލީހުގެ ރައީސަކަށް ވެވޭނީ އެ ޕާޓީ މެމްބަރެއްގެ އިތުރުން ގާނޫނީ ވަކީލެއްގެ ގޮތުގައި މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖުރިބާ ހުރި މީހެކެވެ. އަދި އޭނާ ވާންވާނީ 35 އަހަރުން މަތީގެ މީހެއް ކަމަށް ވެސް އެމްޑީޕީން ވަނީ ބުނެފަ އެވެ.

މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 24 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ނިޔަލަށް ވަނީ ހުޅުވައިލާފައެވެ.

އެމްޑީޕީއަކީ ދިވެހިރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް