އައްޑޫ ސިޓީގައި މި ސަރުކާރުން ހިންގަމުންދާ ޕްރޮޖެކްޓުތަކުގެ ތަފްސީލް ދޭން އެ ސިޓީގެ މޭޔަރު އަލީ ނިޒާރު މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދަށް ދައުވަތު ދެއްވައިފި އެވެ.
ނިޒާރު މި ދައުވަތު ސައީދަށް އަރުވަން ޖެހުނީ މިހާރު އިދިކޮޅު ކޯލިޝަނުން ކުރަމުންދާ ދަތުރުގައި އައްޑޫ ސިޓީގައި މި ސަރުކާރުން ކުރިޔަށް ގެންދާ މަޝްރޫއުތައް ހޯދަން މަސައްކަތް ކުރިނަމަވެސް އެ މަޝްރޫއުތައް ނުފެނުނު ކަމަށް ވިދާޅުވުމުންނެވެ. ސައީދު ވިދާޅުވީ އިންޑިއާއިން ނެގި ލޯނާއި ބަޖެޓުގައި ހިމެނި40 މިލިއަން ރުފިޔާއިން އައްޑޫ ރައްޔިތުންނަށް ހިންގައިދެމުންދާ މަޝްރޫއުއެއް އޭނާއަށް ފެނިވަޑައިގެންފަ ނުވާ ކަމަށެވެ.
ސައީދުގެ މި ޓުވީޓަށް ރައްދުދެއްވައި ނިޒާރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އައްޑޫ ސިޓީގައި މި ސަރުކާޜުން ހިންގަނީ60 މަޝްރޫއު ނޫން ކަމަށާއި މަޝްރޫއު ތަކުގެ އަދަދު70 އަށްވުރެ ގިނަ ކަމަށެވެ. މޭޔަރު ވިދާޅުވީ ސައީދު އައްޑޫ ސިޓީ ކައުންސިލަށް ވަޑައިގެންނެވުމަށް ދައުވަތު އަރުވާ ކަމަށެވެ.
އޭރުން އައްޑޫގައި ހިންގޭ މަޝްރޫއުތަކުގެ ތަފްސީލް ލިސްޓެއް އަރުވާނެ ކަމަށެވެ. އަދި މަޝްރޫއުތަކުގެ ތަފްސީލް ހިމެނޭ ޕްރެޒެންޓޭޝަންއެއް އަރުވާނެ ކަމަސް ނިޒާރު ވިދާޅުވި އެވެ.
https://twitter.com/DhekunuNizar/status/1428967472376385544
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް