ބޯޓު ފުންކުރެވުމުން ރަސްފަރި ފަރަށް ލިބުނު ގެއްލުން ބަލާނެ: އީޕީއޭ

ކ. ރަސްފަރި ހުޅަނގު ފަރާތު ފަރަށް އަރާފައިވާ އާގު ބޯޓު ފުންކުރެވުމުން ފަރަށް ލިބުނު ގެއްލުން ބަލާނެ ކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފިއެވެ. ޕެނަމާއަށް ނިސްބަތްވާ 190 މީ...

21 Aug 2021 | 08:15

ކ. ރަސްފަރި ހުޅަނގު ފަރާތު ފަރަށް އަރާފައިވާ އާގު ބޯޓު ފުންކުރެވުމުން ފަރަށް ލިބުނު ގެއްލުން ބަލާނެ ކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.

ޕެނަމާއަށް ނިސްބަތްވާ 190 މީޓަރުގެ ކާގޯ ބޯޓު ފަރަށް އެރީ މިމަހުގެ 19 ވީ ބުރާސްފަތި ދުވަހުގެ މެންދުރު 12:48 ހާއިރުވެ.

ބޯޓު ފުންކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ބޯޓު އޮތީ އެއްކޮށް ފަރަށް ލައްވެފައެވެ. އެމްއެންޑީއެފުން ބުނީ އެ ސަރަހައްދުގައި ކޯސްޓްގާޑުގެ އިތުރުން ކަމާގުޅުންހުރި ފަރާތްތަކުން ހަރަކާތްތެރިވަމުން ދާ ކަމަށެވެ. މި ހާދިސާގައި ލިބިފައިވާ ގެއްލުމުގެ މައުލޫމާތު އެމްއެންޑީއެފުން އަދި ހާމަކޮށްފައެއް ނުވެއެވެ.

މީގެ ކުރިން ވެސް މި ފަދަ ގިނަ ހާދިސާތަކެއް ހިނގާފައި ވާއިރު، ފަރުތަކަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ބޮޑެތި އަދަދުތަކުން ބޯޓުތަކުގެ ވެރިން ޖޫރިމަނާކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް