ރާއްޖޭގައި ދެ ވަނައަށް އެންމެ އާބީދީ ބޮޑު އައްޑޫ ސިޓީގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިހްގެ ސަރުކާރުން ހިންގަވާ 60 މަޝްރޫއު ހޯދަން ވަރަށް މަސައްކަތް ކުރެއްވި ކަމަށާއި އެއިން އެއްވެސް މަޝްރޫއެއްގެ އަމަލީ މަސައްކަތް ފެނިވަޑައިނުގެންނެވި ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު މިހެން ވިދާޅުވީ، އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ލީޑާޝިޕްގެ ބައެއް ބޭފުޅުންނާއެކު އައްޑޫ ސިޓީއަށް ވަޑައިގެން ބައެއް ފޮޓޯތައް ޚިއްސާ ކުރައްވައި ކުރެއްވި ޓްވީޓެއްގައެވެ.
ސައީދު ވިދާޅުވީ، 40 ބިލިއަން ރުފިޔާގެ ބަޖެޓްގައި އައްޑޫއަށް ވައުދުވި ކަންކަމާއި އިންޑިއާގެ ލޯނު މެދުވެރިކޮށް ކޮށްދޭން ބުނި އެއްވެސް ކަމެއް ތަންފީޒުވާ މަންޒަރެއް ނުފެންނަ ކަމަށެވެ.
"ރައްޔިތުންގެ އިތުބާރު މި ސަރުކާރަށް ނެތް،" މިހާރު މާވަށު ދާއިރާގެ މެމްބަރުކަން ކުރައްވައި، ކުރީގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރު ކަން ކުރެއްވި ސައީދު ލިޔުއްވާފައިވެއެވެ.
https://twitter.com/em_saeed/status/1428946592489295878
"މަ ވެސް ޕީޕީއެމް" ނަމުގައި ޕީޕީއެމްއާއި ޕީއެންސީގެ އިސް ބޭފުޅުން ކުރައްވަމުން ގެންދަވާ މި ދަތުރަކީ ޕީޕީއެމަށް މެންބަރުން އިތުރު ކުރުމަށާއި ޕީޕީއެމްއާއި ޕީއެންސީ ކޯލިޝަންގެ ރިޔާސީ މެނިފެސްޓޯ އެކުލަވާލަން ބޭނުންވާ ޚިޔާލުތައް އެއް ކުރުމަށް ކުރަމުންދާ ދަތުރެއް ކަމަށް އެ ފަރާތްތަކުން ވިދާޅުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް