ދަރަވަންދޫ ފުޓްސަލް ފިއެސްޓާ: ރޭ ކުޅުނު މެޗުތައް ބްލޫ ފްލޭމްސް އާއި ބްލޫ ބަޓަރފްލައި ކާމިޔާބު ކޮށްފި

ދަރަވަންދޫ ފުޓްސަލް ފިއެސްޓާގައި ރޭ ކުޅުނު މެޗުތައް ބްލޫ ފްލޭމްސް އާއި ބްލޫ ބަޓަރފްލައި ކާމިޔާބު ކޮށްފި އެވެ. ރޭ ކުޅުނު ފުރަތަމަ މެޗު އެޗް އެސް އާރު ސީ ބްލޫ ފްލޭމްސް ކާމިޔާބުކުރީ އެޗް އެސް އާރުސީ ބުލޫ...

21 Aug 2021 | 05:00

ދަރަވަންދޫ ފުޓްސަލް ފިއެސްޓާގައި ރޭ ކުޅުނު މެޗުތައް ބްލޫ ފްލޭމްސް އާއި ބްލޫ ބަޓަރފްލައި ކާމިޔާބު ކޮށްފި އެވެ.

ރޭ ކުޅުނު ފުރަތަމަ މެޗު އެޗް އެސް އާރު ސީ ބްލޫ ފްލޭމްސް ކާމިޔާބުކުރީ އެޗް އެސް އާރުސީ ބުލޫ ބަޓަރފްލައި އާ ވާދަކޮށް 4 ލަނޑު 1 ލަނޑުން ނެވެ.

މި މެޗުގައި އެޗް އެސް އާރު ސީ ބްލޫ ފްލޭމްސްގެ ލަނޑުތައް ޖަހައިދިނީ ލީނާ އައްބާސް 2 ގޯލް، ފާތިމަތު މާޒިނާ އަދި ސަބީނާ މުޙައްމަދު ކޮންމެ ކުޅުންތެރިއަކު ގޯލެކެވެ.

އެޗް އެސް އާރުސީ ބުލޫ ބަޓަރފްލައި އިން ޖެހި ހަމައެކަނި ގޯލު ޖަހައިދިނީ ފާތިމަތު މައިހާ އެވެ.

މި މެޗުގެ ޕްލެޔަރ އޮފް ދަ މެޗުގެ މަގާމު ހޯދީ އެޗްއެސްއާރުސީ ބްލޫ ފްލޭމްސް ގެ ލީނާ އައްބާސް އެވެ.

ރޭ ކުޅުނު 2 ވަނަ މެޗު ކާމިޔާބު ކުރީ ޗަނބޭލީ ރަނިން އެވެ. އެ ޓީމު މި މެޗު ކާމިޔާބުކުރީ ޑޮޔެންސް އާ ބައްދަލުކޮށް 0-3 ލަނޑުން ނެވެ.

މި މެޗުގައި ޗަނބޭލީ ރަނިން ގެ ގޯލުތައް ޖަހައިދިނީ މަރިޔަމް ޝައުފާ، ސުޙާ މުޙައްމަދު ނަސީމް އަދި ނަދީމާ މުޙައްމަދު އެވެ.

ޕްލެޔަރ އޮފް ދަ މެޗުގެ މަގާމު ހޯދީ ޗަނބޭލީ ރަނިން ގެ ފާތިމަތު ރަޝްފާ އެވެ.

މިއާއެކު މި ފިއެސްޓާގެ އަންހެންބައިގެ ޕޮއިންޓު ޓޭބަލަށް ބަލާލާ އިރު، އެޗްއެސްއާރްސީ ބްލޫ ފްލޭމްސް ކުޅުނު 2 މެޗު ވެސް ކާމިޔާބުކޮށް 6 ޕޮއިންޓު ހޯދާފައިވާ އިރު، ޗަނބޭލީ ރަނިން ވަނީ 3 މެޗު ކުޅެ 2 މެޗުން މޮޅުވެ، 1 މެޗުން ބަލިވެފަ އެވެ. އެޓީމަށް ވެސް ލިބިފައިވަނީ 6 ޕޮއިންޓެވެ.

މިބައިގާ ދެން ހިމެނޭ ޑޮޔެންސް ވެސް 3 މެޗު ކުޅެފައިވާ އިރު، އެ ޓީމަށް ލިބިފައިވަނީ 4 ޕޮއިންޓެވެ. އެއީ 1 މެޗުން މޮޅުވެ، 1 މެޗުން އެއްވަރުވުމުން ނެވެ. އަދި އެ ޓީމު ވަނީ އެއްމެޗުން ބަލިވެފަ އެވެ.

އެޗްއެސްއާރްސީ ބްލޫ ފްލޭމްސް 2 މެޗު ކުޅެ އެއްމެޗުން އެއްވަރުވެ ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. އަދި އައްތަ ޓީމު ކުޅުނު 2 މެޗުން ވެސް ވަނީ ބަލިވެފަ އެެވެ.

މިއަހަރުގެ ފިއެސްޓާގެ މީޑިއާ ޕާޓްނަރއަކީ ދުވަސްއެމްވީ އެވެ. ޓްރެވެލިންގ ޕާޓްނަރއަކަށް ފްލައިމީ ހަމަޖައްސާފައިވާ އިރު، ޕްރިންޓިންގ ޕާޓްނަރއަކީ އެންޕްލަސް އެވެ.

މުބާރާތް ލައިވް ކުރުމަށް ޓެލެކޮމް ޕާޓްނަރގެ ގޮތުގައި އުރީދޫ ވަނީ ހަމަޖައްސާފަ އެވެ. އަދި މުބާރާތުގެ ހުރިހާ މެޗެއް ވެސް އެފްބީ ޕޭޖުން ލައިވް ކުރާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް