ބޮލީވުޑްގެ ބަތަލާ ނޭހާ ދުޕިއާ ދެވަނަ ދަރިފުޅަށް ބަލިވެ އިންތާ މިހާރު ހަތް މަސް ވެއްޖެ އެވެ.
ބަލިވެ އިން އިރު އޭނާ ދިޔައީ ފިލްމު "ސަނަކް" ގެ މަސައްކަތް ކުރަމުންނެވެ. އެ ފިލްމަކީ އެކްޝަން ފިލްމެކެވެ. ފިލްމުގެ މަސައްކަތްތައް ކޯވިޑާއި ގުޅިގެން މެދުކެނޑުމަށް ފަހު އަލުން މަސައްކަތް ފެށިއިރު ނޭހާގެ ބަނޑަށް ތިން މަސް ވެއްޖެ އެވެ.
މިހާރު ނޭހަ އާންމު ކުރަމުންދާ ފޮޓޯތަކުން އޭނާގެ ބަނޑު ވަރަށް ބޮޑަ ފާހަގަވާއިރު ބަނޑު ބޮޑުއިރު ދިމާވާ ގިނަ ސިއްހީ މައްސަލަތަކާއިވެސް ކުރިމަތިވާކަމަށް އޭނާ ބުނެފައިވެ އެވެ. ހާއްސަކޮށް މަސައްކަތް ކުރަން ފެށުމުން އެ މައްސަލަތައް އިތުރު ކަމަށް ބުނެ އެވެ.
ނޭހާ އެންމެ ފަހުން އިންސްޓަގްރާމްގައި ބުނެފައިވަނީ ބަލިވެ އިނުމަކީ "ސަނަކް" ކުޅެން ސޮއިކޮށް މަސައްކަތް ފެށިއިރު ރާވާފައިވާ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން ވިހަން އެހާ ކައިރިވެފައި ވަނިކޮށް ފިލްމަށް އަޑުއެޅުމުގެ މަސައްކަތް ކުރުމަކީ ތަފާތު ބޯޅަ ގޭމެއް ކަމަށެވެ.
ނޭވާ ކުރުވުމާއި، ގިނައިން ވައި ލެވުމުގެ އިތުރުން ބުރަކަށީގައި ރިއްސުމަކީ ބަނޑުބޮޑުވުމުން އާންމު ކަމަކަށް ވެފައިވާައިރު އަޑު އަޅަން ސްޓޫޑިއޯގައި އުޅޭއިރު ހުންނާނެ ގޮތެއް ނުވަތަ އިންނާނެ ގޮތެއް ނޭނގޭ ކަމަށް އޭނާ ބުންޏެވެ. ނޭހާ ބުނީ އަޑުއެޅުމަކީ އޭނާ ވަރާ ކުރާހިތުން ބޭނުންވެގެން ފިލްމުތަކަށް ކުރ މަސައްކަތެއް ނަމަވެސް ބަނޑުބޮޑުވުން ކުރަންޖެހޭ ގޮތް ވަރަށް ތަފތު ކަމަށެވެ.
https://www.instagram.com/p/CSyUnsRq6B3/
ނޭހާ ބުނީ އުނދަގޫ ވަގުތެއްގައި އަޑު އެޅުމަށް ކުރަމުންދާ މަސައްކަތަކީ ފިލްމު "ސަނަކް" ގެ ޓިމާއި ކްރޫއަށް ހާއްސަކޮށް ކުރާ ކަމެއް ކަމަށެވެ. އޭނާ ވަނީ ފިލްމުގެ ޓީމަށް އޭނާއަށް ދެމުންދާ އެއްބާރުލުމާއި އަޅާލުމަށް ޝުކުރު އަދާކޮށްފަ އެވެ.
ނޭހާ އާއި ފިރިމީހާ އަަންގަދް ބޭދީ ކައިވެނިކޮށްފައިވަނީ 2018 ވަނަ އަހަރު އެވެ. ހަމަ އެއަހަަރު އެ ދެމީހުންނށް ފުރަތަމަ ދަރިފުޅު މެހްރް ދުޕިއާ ބޭދީ ލިބިފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް