ކޯވިޑް ވެކްސިން ފުރިހަމަ ކުރި އަދަދު 298،000 އަށް

ރާއްޖޭގައި ކޯވިޑް-19 ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދު 298،000 އަށް އަރައިފި އެވެ. އެޗްޕީއޭއިން ރޭ އާންމު ކުރި އެންމެ ފަހުން ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ ބުރާސްފަތި ދުވަހު ކޯވިޑް ވެކްސިންގެ ...

21 Aug 2021 | 03:43

ރާއްޖޭގައި ކޯވިޑް-19 ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދު 298،000 އަށް އަރައިފި އެވެ.

އެޗްޕީއޭއިން ރޭ އާންމު ކުރި އެންމެ ފަހުން ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ ބުރާސްފަތި ދުވަހު ކޯވިޑް ވެކްސިންގެ ދެ ވަނަ ޑޯޒު 772 މީހަކު ޖަހާފައިވެ އެވެ. މިއާއި އެކު ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދު ވަނީ 298،328 އަށް އަރާފަ އެވެ.

ބުރާސްފަތި ދުވަހު މާލެ ސަރަހައްދުގެ ވެކްސިން ސެންޓަރުތަކުން ދެވަނަ ޑޯޖު ޖަހާފައިވަނީ 470 މީހުންނެވެ. އަތޮޅުތެރޭގެ ވެކްސިން ސެންޓަރުތަކުން ކޯވިޑް-19 ވެކްސިން ފުރިހަމަކޮށްފައިވަނީ 302 މީހުންނެވެ.

އެދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހީ 4،417 މީހުންނެވެ. އޭގެ ތެރެއިން 1،143 މީހުން ފުރަތަމަ ޑޯޒު ޖެހީ މާލެއިންނެވެ. އަނެއް 3،274 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހީ އަތޮޅު ތެރޭގެ ވެކްސިން ސެންޓަރު ތަކުންނެވެ.

ބުރާސްފަތި ދުވަހު ފުރަތަމަ ޑޯޒު ޖެހި މީހުންނާއި އެކު ރާއްޖެއިން ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި އަދަދު ވަނީ 364،064 އަށް އަރާފަ އެވެ.

ރާއްޖޭގައި މިހާރު ދެމުން ދަނީ އެސްޓްރަޒެނިކާ ވެކްސިން އާއި ފައިޒާ ވެކްސިން އަދި ސިނޮފާމް ވެކްސިން އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް