ޓިކްޓޮކްގައި ޒުވާބެއް ހޫނުވެ، ގެއަކަށް ވަދެ ހަމަނުޖެހުން ހިންގަން އުޅުނު ބަޔަކު ހައްޔަރުކޮށްފި

ޓިކްޓޮކް ތެރެއިން ހިނގި ދެބަސްވުމެއްގެ ތެރެއިން މާފަންނު ގެއަކަށް ވަދެ ހަމަނުޖެހުން ހިންގަން އުޅުނު ދެމީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ދެ ފިރެހެނުން ކަމަށް ބައެ...

21 Jul 2024 | 09:29

ޓިކްޓޮކް ތެރެއިން ހިނގި ދެބަސްވުމެއްގެ ތެރެއިން މާފަންނު ގެއަކަށް ވަދެ ހަމަނުޖެހުން ހިންގަން އުޅުނު ދެމީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ދެ ފިރެހެނުން ކަމަށް ބައެއް މަސްދަރުތަކުން މައުލޫމާތު ލިބެއެވެ.

ހަމަ ނުޖެހުން ހިނގާފައިވަނީ ޓިކްޓޮކްގައި ކުރިއަށް ގެންދިޔަ ލައިވްއެއްގެ ތެރެއިން ޒުވާބެއްކޮށް، ޒުވާބު ހޫނުވެ މާފަންނުގައި ހުރި ގެއަކަށް މިއަދު ހެނދުނުގެ ވަގުތެއްގައި ވަދެ ހަމަނުޖެހުން ހިންގުމަށް މަސައްކަތް ކުރުމުންނެވެ.

ހައްޔަރުކޮށްފައިވާ ދެމީހުންނާ ބެހޭ އެއްވެސް އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް އެ ދެމީހުން ހައްޔަރުކޮށްގެން ގެންދިޔަ މަންޒަރު ފެންނަ ވީޑިޔޯއެއް ސޯޝަލް މީޑިޔާގައި ދަނީ ދައުރުވަމުންނެވެ.

އެ މައްސަލަ ބެލުމަށް ފަހު އެ ދެމީހުން މިހާރު ވަނީ ބަންދުން ދޫކޮށްލާފައި ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

ފަހަކަށް އައިސް ޓިކްޓޮކްގެ ބޮޑެތި ލައިވްތަކުގެ ތެރޭގައިވެސް ހަމަނުޖެހުމާއި ޒުވާބު ހިނގާ މައްސަލަތައް ހޫނުވެގެން ދާ މަންޒަރު ވަނީ ވަރަށް އާއްމުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް