ގިރާވަރު ކަނޑުއޮޅީގައި އޮތް ބާޖަކާމެދު ސަމާލުވުމަށް މެރިން ފުލުހުން އިލްތިމާސްކޮށްފި

ކ. އަތޮޅު ގިރާވަރު ކަނޑު އޮޅީގެ މެދުގައި އެއްވެސް އަލިކަމެއްނެތި އަޅާފައި އޮތް ބާޖަކާއިމެދު ސަމާލުވުމަށް މެރިން ޕޮލިހުން އިލްތިމާސްކޮށްފިއެވެ. އެގޮތުން މެރިން ޕޮލިހުން މިރޭ ބުނެފައިވަނީ މިރޭ 21:25 ހާއ...

21 Jul 2023 | 18:10

ކ. އަތޮޅު ގިރާވަރު ކަނޑު އޮޅީގެ މެދުގައި އެއްވެސް އަލިކަމެއްނެތި އަޅާފައި އޮތް ބާޖަކާއިމެދު ސަމާލުވުމަށް މެރިން ޕޮލިހުން އިލްތިމާސްކޮށްފިއެވެ.

އެގޮތުން މެރިން ޕޮލިހުން މިރޭ ބުނެފައިވަނީ މިރޭ 21:25 ހާއިރު އެ ސަރަހައްދުގައި އެއްވެސް އަލިކަމެއް ނެތް ބާޖެއް އެންކަރ ކޮށްފައިވާކަމަށް މައުލޫމާތު ލިބިގެން އެޓެންޑްވިކަމަށެވެ.

"ބެލިބެލުމުން ބޮޑު ބާޖެއް އެއްވެސް އަލިކަމެއްނެތި އެންކަރކޮށް، އުޅަނދުގައި އެއވެސް މީހެއް ފެންނަން ނެތްކަން ފާހަގަކުރެވުނު" މެރިން ޕޮލިހުން ބުނެފައިވެއެވެ.

އިތުރަށް ބުނެފައިވަނީ އެހެންކަމުން އެ ސަރަހައްދުން ދަތުކުރައްވާ ފަރާތްތަކުން އެކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ދަތުރުކުރުމަށް އިލްތިމާސްކުރާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް