ކާޖޮލްގެ ބައްޕަ ކާޖޮލަށް ފުރަތަމަ ކިޔަން އުޅުނު ނަމަކީ މަސީޑީޒް

ބޮލީވުޑް ބަތޮލާ ކާޖޮލް އަށް ފުރަތަމަ ކިޔަން އުޅުނު ނަމަކީ މަސީޑީޒް ކަމުގައި އޭނާ ބުނެފިއެވެ. ކާޖޮލް މިހެން ބުނެފައިވަނީ މަޝަބަލްސް އަށް ދީފައިވާ އިންޓަވިއުއެއްގައެވެ. މިކަން ހާމަކުރަމުން ކާޖޮލް ބުނެފަ...

21 Jul 2023 | 17:42

ބޮލީވުޑް ބަތޮލާ ކާޖޮލް އަށް ފުރަތަމަ ކިޔަން އުޅުނު ނަމަކީ މަސީޑީޒް ކަމުގައި އޭނާ ބުނެފިއެވެ.

ކާޖޮލް މިހެން ބުނެފައިވަނީ މަޝަބަލްސް އަށް ދީފައިވާ އިންޓަވިއުއެއްގައެވެ.

މިކަން ހާމަކުރަމުން ކާޖޮލް ބުނެފައިވަނީ އޭނާ އުފަންވުމުން އޭނާގެ ބައްޕަ ސޯމޫ މުކަރްޖީ އެންމެ ފުރަތަމަ ހިޔާރު ކުރި ނަމަކީ "މަސީޑީޒް" ކަމަށެވެ. އެހެން ނަމަވެސް ކާޖޮލްގެ މަންމަ ތަނޫޖާ އެކަމަށް ދެކޮޅު ހެދީ ކަމަށާއި ނޫންނަމަ ނަމަކަށްވާނީ "މަސީޑީޒް" ކަމަށް ކާޖޮލް ބުނެފައިވެއެވެ.

އުމުރުން 48 އަހަރުގެ ކާޖޮލް އަކީ ފިލްމީ ތަރި އަޖޭ ދޭވްގަންގެ އަންހެނުންނެވެ. ކާޖޮލް އާއި އަޖޭއަށް ދެ ދަރިން ލިބިފައިވާއިރު މި ފަހަކަށް އައިސް ފިލްމުތަކުން ކާޖޮލް ފެންނަލެއް މަދެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް