ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ ދަރިފުޅު ބޮޑުވެގެން ވާނީ ސައިންޓިސްޓަކަށް ކަމުގައި އާލިއާ ބުނެފިއެވެ.
އާލިއާ މިހެން ބުނެފައިވަނީ އާލިއާއާއި ރަންވީރު ސިންގް ކުޅެފައިވާ ރޮކީ އޯރް ރާނީކީ ޕްރޭމް ކަހާނީގެ ޕްރޮމޯ އިވެންޓެއްގައި ވާހަކަދައްކަމުންނެވެ.
"ދަރިފުޅާ ދިމާލަށް ބަލާލާފަ ބުނެވޭ، ބޮޑުވެގެން ވާނީ ސައިންޓިސްޓަކަށޭ" އާލިއާ ހެވިލާފައި ބުންޏެވެ.
އާލިއާ ބަޓާއި ރަންބީރު ކަޕޫރު ކައިވެނި ކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 22 ވަނަ ދުވަހުގައެވެ. އެ ދެމަފިރިންނަށް އަންހެން ދަރިއަކު ލިބުނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. އެ ދެމަފިރިންގެ ދަރިފުޅަށް ކިޔާފައިވާ ނަމަކީ ރަހާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް