އެމްޑީޕީ ރޫޅާނުލެވޭނެކަމުގައި ބުނެ ރައީސް ސޯލިހް ރައީސް ނަޝީދަށް ރައްދުދެއްވައިފިއެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވީ އެމަނިކުފާނުގެ ކެމްޕޭނަށް ހއ. އަށް ކުރެއްވި ދަތުރުފުޅުގައި ދިއްދޫގައި ރޭ ބޭއްވި ކެމްޕޭނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"މި ރޫޅައެއް ނުލެވޭނެ، ދިއްދޫގައި އޮންނާނީ އެމްޑީޕީ" ވާހަކަފުޅު ނިންމަވާލައްވަމުން ރައީސް ސޯލިހް ވިދާޅުވިއެވެ.
ރޭގެ އެ ޖަލްސާގައި ރައީސް ދިއްދުއަށް ގިނަ ވައުދުތަކެއް ވެ ވަޑައިގެންނެވިއެވެ. އެގޮތުން އެ ރަށުގެ ބިން ހިއްކުމުގެ މަޝްރޫއު އަންނަ އޯގަސްޓްގައި ފެށޭނެ ކަމަށާއި އެކަން ނިމޭއިރު އެއާޕޯޓެއް އޮންނާނެ ކަމަށާއި ކައިރީގައި ދިއްދޫ ރައްޔިތުން ޕިކްނިކް ދާނެ ރަށެއް އޮންނާނެ ކަމަށާއި ދިއްދޫގައި އާރްޓީއެލް ބަހުގެ ހިދުމަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށާއި އަދި ދިއްދޫގެ ޒުވާނުންނަށް ސްޕޯޓްސް ކޮމްޕްލެކްސްއެއްގެ ވައުދުވެސް ރޭގައި އެމަނިކުފާނު ވެވަޑައިގެންނެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް