އެޕަލް އިން ޗެޓްބޮޓެއް ތައާރަފްކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ރިޕޯޓްކޮށްފިއެވެ.
އެގޮތުން ޗެޓްޖީޓީޕީ ފަދަ އޭއައި ޗެޓްބޮޓަށް އެޕަލްއިން ކިޔަން ނިންމާފައިވާ ނަމަކީ "އެޕަލް ޖީޕީޓީ" ކަމުގައިވެސް ރިޕޯޓްކޮށްފައިވެއެވެ.
ޓެކްނޮލޮޖީ ހަބަރުތައް ގެނެސްދޭ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި މި ބޮޓް ޓެސްޓިންގް މަރުހަލާގައި އެޕަލްގެ މުވައްޒަފުންގެ މެދުގައި މިހާރު ބޭނުންކުރަމުން އަންނަ ކަމަށްވެއެވެ. އެހެން ނަމަވެސް ޖެނެރޭޓިވް އޭއައިގައި ސެކިއުރިޓީ ކަންތައްތަތަކެއް ހުރީތީވެ އަދި މި ބޮޓް ލޯންޗުކުރާނެ ވަކި އިރެއް ނޭނގޭ ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.
އެޕަލް އިން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޗެޓްބޮޓެއްގެ މަސައްކަތް ކުރަމުން އަންނައިރު ގޫގަލްއިން ވަނީ ގޫގަލް ބާޑްގެ ނަމުގައި ގޫގަލްގެ އޭއައި ޕްރޮޑަކްޓް އާންމުންނަށް ދޫކޮށްލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް