ފައިސަލް އަކީ އެކުގައި މަސައްކަތް ކުރަން ފަސޭހަ، އިތުބާރު ކުރެވޭ ބޭފުޅެއް: ރައީސް ސޯލިހް

ނައިބު ރައީސް ފައިސަލް ނަސީމަކީ އެކުގައި މަސައްކަތް ކުރުމަށް ވަރަށް ފަސޭހަ އަދި އެހާމެ އިތުބާރު ކުރެވޭ ބޭފުޅެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ. ރައީސް ސޯލި...

21 Jul 2023 | 11:02

ނައިބު ރައީސް ފައިސަލް ނަސީމަކީ އެކުގައި މަސައްކަތް ކުރުމަށް ވަރަށް ފަސޭހަ އަދި އެހާމެ އިތުބާރު ކުރެވޭ ބޭފުޅެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވެފައިވަނީ ނޫސްވެރިޔާ އަހްމަދު ސާއިލް އަލީ ލިޔެ ރޭގައި ނެރުނު ފައިސަލް ނަސީމްގެ ބަޔޮގްރަފީގައެވެ.

"ފައިސަލް 50" މި ނަމުގައި ނެރުނު ބަޔޮގްރަފީގައި ނައިބުރައީސާއި ބެހޭގޮތުން ރައީސް ވިދާޅުވެފައިވަނީ ފައިސަލަކީ ކަންކަން ނިންމުމުގައި ބަޔަކު ބުނާހާ ގޮތަކަށް އެއްބަސްވެވަޑައިގަތުމުގެ ބަދަލުގައި އަމިއްލަފުޅު ވިސްނުންފުޅަށް ފެނިވަޑައިގަންނަވާ އެންމެ ރަނގަޅު އަދި އެންމެ މަސްލަހަތު ހުރި ގޮތަށް ކަންކަން ނިންމަވާ ބޭފުޅެއް ކަމަށެވެ.

ފައިސަލް އަކީ ހަވާލުވެވަޑައިގަންނަވާ ކޮންމެ ކަމެއްވެސް ވަރަށް ވަފާތެރިކަމާއި ތެދުވެރިކަމާއެކު ކުރައްވާ، ވަރަށް ބުރަށް މަސައްކަތްކުރައްވަން ޝައުގުވެރިވެޑައިގަންނަވާ ތެދުވެރި ބޭފުޅެއް ކަމަށާއި ރަހުމަތްތެރިއެއްގެ ގޮތުގައި ބަލައިގަންނަންވެސް ވަރަށް ރަނގަޅު އެކުވެރިއެއް ކަމަށެވެ.

ފައިސަލްގެ ބަޔޮގްރަފީއެއް ރޭގައި ނެރެފައިވަނީ ފައިސަލްގެ އުމުރުފުޅުން 50 އަހަރު ފުރުމާއި ގުޅިގެންނެވެ.

ފައިސަލްގެ ބަޔޮގްރަފީގައި ރައީސް ސޯލިހަށް ވަރަށް ބޮޑަށް ތައުރީފުކުރައްވާފައިވާއިރު ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ރައީސް ސޯލިހް އަދި ރަނިން މޭޓަކު އިއުލާނުކުރައްވާފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް