އަޅުގަނޑުގެ ވެރިކަމެއްގައި ބޭސްފަރުވާއަށް ބޭރަށް ދިއުން ނިމުމަކަށް ގެންނާނަން: ގާސިމް އިބްރާހިމް

ވެރިކަމަށް ހޮވިވަޑައިގެންފިނަމަ ދިވެހި ރައްޔިތުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުން ނިމުމަކަށް ގެންނަވާނެ ކަމުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް އަދި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅު...

21 Jul 2023 | 10:45

ވެރިކަމަށް ހޮވިވަޑައިގެންފިނަމަ ދިވެހި ރައްޔިތުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުން ނިމުމަކަށް ގެންނަވާނެ ކަމުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް އަދި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވޭ ރޭ އެ ޕާޓީން މާލޭ ސަރަހައްދުގެ ޒުވާނުންނަށް އަމާޒުކޮށް ބޭއްވި ހަރަކާތުގައި ދެއްވި ހާއްސަ މެސެޖެއްގައެވެ.

އެ މެސެޖުގައި ޒުވާނުންނާ މުހާތަބު ކުރައްވަމުން ގާސިމް ވިދާޅުވީ ބޮޑެތި ބަލިތައް ދިމާވާ ޒުވާން ކުދިންނަށާއި، އަދި އެނޫން ފުރައިގެ މީހުންނަށްވެސް ފުރިހަމަ ސިއްހީ ފަރުވާ އެމަނިކުފާނުގެ ވެރިކަމެއްގައި ލިބޭނެ ކަމަށާއި އެލިބޭއިރު، ރާއްޖޭން ބޭރަށް ދާނަމަ ހުރިހާ ހަރަދެއް، އެހީތެރިއަކަށް ދާނެ ހަރަދާއި، ތިބުމުގެ ހަރަދާއި، ޑޮކްޓަރަށް ދެއްކުމުގެ ހަރަދާއި ގޭގެ ހަރަދާއި ކޭންބުއިމުގެ ހަރަދާއި ހުރިހާ އެއްޗެއް އެމަނިކުފާނުގެ ސަރުކާރެއްގައި ފޯރުކޮށްދޭނެ ކަމަށެވެ.

"ހަމައެއާއެކީގައި ރާއްޖޭން ބޭރަށް ދަތުރުކުރާ މީހުން މަދުކުރުމަށްޓަކައި ރާއްޖޭގެ ތިން ސަރަހަށްދެއްގައި އޭގެތެރޭގައި މާލެވެސް ހިމެނިގެންދާގޮތަށް ހުރިހާ ބަލިބައްޔަށް ބޭސްފަރުވާކުރެވޭނެ ނިޒާމު ހަމަޖެއްސުމަށްޓަކައި މި ދެންނެވި ތިން ދިމާލުގައި ވާންޖެހޭ ތައްޔާރީތައް ވުމަށް އެންމެ ގިނަވެގެންވެސް އަޅުގަނޑުމެންގެ ވެރިކަމުގެ ތިންވަނަ އަހަރު ފެށިގެންދާއިރު، ނުވަތަ ދެވަނަ އަހަރު ފެށިގެންދާއިރު، އެވަސީލަތްތައް ގާއިމްކޮށް، ރާއްޖޭން ބޭރަށް ދިޔުމުގެ ދަތި އުނދަގޫ ބުރަ މަސްއޫލިއްޔަތުން ސަލާމަތްކުރާނަން އިރާދަކުރެއްވިއްޔާ" ގާސިމް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މި ފެށޭ ހަފްތާގައި ހުޅުވާލާއިރު ގާސިމް އިބްރާހިމަކީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ދުރާލާ އިއުލާނުކުރައްވައި ޕާޓީގެ ކެނޑިޑެސީ ހޯއްދަވައި މިހާރުއްސުރެ ކެމްޕޭނު ކުރައްވަމުން އަންނަ ކެނޑިޑޭޓެކެވެ. ގާސިމްގެ މި އަހަރުގެ ޝިޔާރަކީ "ހާސްކަނޑާލާ، ހަމަޖެހޭނެ" އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް