ސަން ސިޔާމް މިރޭ ރާއްޖެ ވަޑައިގަންނަވަނީ

އެމްޑީއޭގެ ރައީސް އަދި ވިޔަފާރިވެރިޔާ ސަން ސިޔާމް މިރޭ ރާއްޖެވަޑައިގަންނަވާކަން އެމްޑީއޭއިން ހާމަކޮށްފިއެވެ. މިކަން ހާމަކޮށް މީޑިއާތަކަށް ފޮނުވި ދައުވަތެއްގައި އެމްޑީއޭއިން ބުނެފައިވަނީ އެ ޕާޓީގެ ލީޑަ...

21 Jul 2023 | 10:16

އެމްޑީއޭގެ ރައީސް އަދި ވިޔަފާރިވެރިޔާ ސަން ސިޔާމް މިރޭ ރާއްޖެވަޑައިގަންނަވާކަން އެމްޑީއޭއިން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށް މީޑިއާތަކަށް ފޮނުވި ދައުވަތެއްގައި އެމްޑީއޭއިން ބުނެފައިވަނީ އެ ޕާޓީގެ ލީޑަރު ރާއްޖެ ވަޑައިގެން ވެލާނާ އިންޓަނޭޝަނަލްގެ ވީއައިޕީގައި ރާއްޖޭގެ މީޑިއާތަކާއި ބައްދަލުކުރައްވާނެ ކަމަށެވެ.

"ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖެއްސުމަށް ހަމަޖެހިފައިވަނީ މިރޭ 10:10 ގައި" އެމްޑީއޭއިން ބުނެފައިވެއެވެ.

ސިންގަޕޫރަށް ކުރެއްވި ދަތުރެއްގައި ސިޔާމްގެ ޕާސްޕޯޓު ސިންގަޕޫރުން ހިފަހައްޓައި ސިޔާމް ފުރުން މަނާކުރިއެވެ.

ސިޔާމްގެ ޕާސްޕޯޓް ސިންގަޕޫރުން ހިފެހެއްޓީ ސިޔާމްގެ ސަން ޓްރެވަލްގެ ނ. އިރުފުށި ރިސޯޓް ހިންގަން ހިލްޓަނާއެކު ހެދި އެއްބަސްވުން ބާތިލުކުރުމުން ގެއްލުމުގެ ބަދަލު ހޯދަން ހިލްޓަނުން ސިންގްޕޫރު އާބިޓްރޭޝަނަށް ހުށަހަޅައި އެ މައްސަލައިގާ 24 މިލިޔަން ޑޮލަރު ހިލްޓަނަށް ދައްކަން ސިޔާމްގެ މައްޗަށް އިއްވި ހުކުމުގެ މައްސަލައިގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް