'ލާމަސީލު ލާމު' ޒުވާނުންނާއި ކުލަބު ޖަމިއްޔާތަކުގެ މަހާސިންތާ ބާއްވައިފި

ލާމަސީލު ލާމު ޒުވާނުންނާއި ކުލަބު ޖަމިއްޔާ ތަކުގެ މަހާސިންތާ ބާއްވައިފިއެވެ. މިދިޔަ ބުދަ ދުވަހު ކުރިއަށް ގެންދިޔަ މި މަހާސިންތާ ބާއްވާފައި ވަނީ ލ ގަން، ހަމަދު ސްކޫލުގައެވެ. އެއްދުވަހުގެ މުއްދަތަށް ކުރ...

21 Jul 2023 | 09:38

ލާމަސީލު ލާމު ޒުވާނުންނާއި ކުލަބު ޖަމިއްޔާ ތަކުގެ މަހާސިންތާ ބާއްވައިފިއެވެ.

މިދިޔަ ބުދަ ދުވަހު ކުރިއަށް ގެންދިޔަ މި މަހާސިންތާ ބާއްވާފައި ވަނީ ލ ގަން، ހަމަދު ސްކޫލުގައެވެ.

އެއްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި މަހާސިންތާގައި އެ އަތޮޅުގެ 11 ރަށުން ޖުމުލަ 72 ފަރާތަކުން ވަނީ ބައިވެރި ވެފައެވެ.

މިއީ ލާމު އަތޮޅުގެ ޒުވާނުންނާއި ކުލަބު ޖަމްޢިއްޔާޔައް ބާރުވެރިކުރުވާ، ޒުވާނުނަކީ މުޖުތަމައުގައި ބާރުވެރި ކަންކަމުގައި އިސްނަގާ ބަޔަކަށް ހެދުމާއި އެކު އަތޮޅުގައި ޒުވާން ލީޑަރސިޕެއް އުފެއްދުމުގެ މަގުސަދުގައި ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާއިން ކުރިއަށް ގެންގޮސްފައިވާ މަހާސިންތާއެކެވެ.

ހެނދުނު7:15 ގައި ފެށި މި މަހާސިންތާ ނިންމާލާފައި ވަނީ ހަވީރު5:45 ގައި ހަވީރު ސަޔަކުންނެވެ.

މި މަހާސިންތާގެ ސެޝަންތައް ނަންގަވައިދެއްވާފައި ވަނީ އިބްރާހިމް ޝަހީމް، އައްޝައިޚް ޢަބްދުލްޢަޒީޒް ޙުސައިން، އަފީފް ޙުސައިން، އަޙުމަދު ޒާހިރު އަދި އެމްއެންޑީއެފްގެ ފަރާތުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް