އިންޑިއާގެ އުއްތަރުކަންޑުގައި އަންހެނަކު އޭނާގެ ލޯބިވެރިޔާ މަރާލީ އެކަމަށް ދުރާލާ ތައްޔާރުވެ އެފަދަ މަރެއް ރާވާނެ ގޮތާއި ހެކި ނައްތާލާނެގޮތް ކްރައިމް ޕެޓްރޯލް ބަލައިގެން ވަރަށް ދަސްކޮށްގެން ހާމަވެއްޖެއެވެ.
އުއްތަރުކަންޑުގައި އުމުރުން 30 އަހަރުގެ ވިޔަފާރިވެރިއަކު އޭނާގެ ކާރުގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނީ މިދިޔަ ހުކުރު ދުވަހުގައެވެ. ޕޯސްޓްމޯޓަމް ހެދުމުން މަރުވެފައިވަނީ ހަރުފައެއް ވިހަލުމުންކަން ދޭހަވެފައިވެއެވެ.
އެހެންނަމަވެސް އެ ވިޔަފާރިވެރިޔާގެ ފޯނުން ހޯދި މައުލޫމާތުން އެ ވިޔަފާރިވެރިޔާގެ ލޯބިވެރިޔާގެ ފޯނު ހޯދައި އަދި އެ ފޯނުގެ މައުލޫމާތުން ހަރުފަ ގެންގުޅޭ މީހެއްގެ މައުލޫމާތު ހޯދައިގެން ހަރުފަ ގެންގުޅޭ މީހާ ހައްޔަރުކޮށްފައިވާއިރު ކުށަށް އިއުތިރާފުވެ ހުރިހާ ޕްލޭނަކީ ވިޔަފާރިވެރިޔާގެ ލޯބިވެރިޔާގެ ޕްލޭންކަން ހަރުފަ ގެންގުޅޭ މީހާ ވަނީ ފުލުހުންނަށް ކިޔާދީފައެވެ.
އެގޮތުން މީގެ ދެ މަސް ދުވަސް ކުރިން ފެށިގެން ކްރައިމް ޕެޓްރޯލްގެ އެކި އެޕިސޯޑްތައް ބަލައި އެފަދަ ކަމެއް ކުރާނެ ގޮތާއި އެފަދަ ކަމަކުން ސަލާމަތްވެވޭނެ ގޮތް ދަސްކޮށްފައިވާކަމަށް ބުނެފައިވެއެވެ.
ފުލުހުން ފަހުން ބުނެފައިވަނީ ވިޔަފާރިވެރިޔާގެ މަރަކީ ރާވައިގެން ހިންގާފައިވާ މަރެއްކަން މިހާރު ދެނެގަނެވިފައިވާކަމަށާއި އެގޮތުން އެންމެ ފުރަތަމަ އެ ވިޔަފާރިވެރިޔާއަށް ރާ ޒާތުގެ ކޮންމެވެސް އެއްޗެއް ބޯންދީ ހޭނައްތާލުމަށްފަހު ކާރަށް ލައި، ކާރުގެ ތެރެއަށް ހަރުފަ ދޫކޮށްލީކަމަށް ބުނެފައިވެއެވެ.
މި މައްސަލައިގާ އެ ވިޔަފާރިވެރިޔާ ލޯބިވެރިޔާ ހޯދަން ފުލުހުން ވަނީ އިއުލާނުކޮށްފައެވެ. އަދި އެ އަންހެން މީހާއަށް އެހީތެރިވެދިން އިތުރު ތިން މީހަކު ހޯދަންވެސް ނޯޓިސް ނެރެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް