ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވުމުން، ފެން ހިންދުމުގެ މަސައްކަތް ސިފައިން ފަށައިފިއެވެ.
މިކަން ހާމަކޮށް ސިފައިން ބުނެފައިވަނީ ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން، ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ފެން ހިއްކުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.
"އެގޮތުން މިހާރު އައިޖީއެމްއެޗް ސަރަހައްދުގައި ޕަންޕު ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތް ދަނީ ކުރަމުން" އެމްއެންޑީއެފުން ބުނެފައިވެއެވެ.
މާލޭގައި ފެންބޮޑުވެ، ފެން ހިންދުމުގެ މަސައްކަތް ސިފައިން ކުރަމުން އަންނައިރު މިއަދުވެސް ވިއްސާރަކަމަށާއި ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހޭނެކަމުގައި މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފައިވެއެވެ. އަދި މޫސުމަށް ސަމާލުވުމަށްވެސް އެ އިދާރާއިން އިލްތިމާސްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް