މޫސުން ތަން ނުދޭތީ ޕީޕީއެމް ޕީއެންސީ ހިނގާލުން ފަސްކޮށްފި

ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލައި ޕީޕީއެމް އަދި ޕީއެންސީން މިއަދު ބާއްވަން އުޅުނު ހިނގާލުން ފަސްކޮށްފިއެވެ. މިކަން ހާމަކޮށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް ވިދާޅުވީ މޫސުން ގޯސްކަމަށ...

21 Jul 2023 | 05:17

ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލައި ޕީޕީއެމް އަދި ޕީއެންސީން މިއަދު ބާއްވަން އުޅުނު ހިނގާލުން ފަސްކޮށްފިއެވެ.

މިކަން ހާމަކޮށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް ވިދާޅުވީ މޫސުން ގޯސްކަމަށް ދައްކާތީއާއި މިހާރުވެސް މެދުނުކެނޑި ވާރޭވެހެމުންދާތީ މިއަދުގެ ސުލްހަވެރި ހިނގާލުން އެހެން ތާރީހަކަށް ފަސްކުރާކަމަށެވެ.

ފަހުން މި ހަރަކާތް ބާއްވާނެ ތާރީހެއް ތޮލާލް ހާމައެއް ނުކުރައްވައެވެ.

މިއަދުގެ ހަރަކާތް ކެންސަލްކޮށްފައިވާއިރު ރައީސް ޔާމީން ދޫކޮށްލަން ގޮވާލައި އެ ކޯލީޝަންގެ އިސްވެރިން އިއްޔެ ޖުމްހޫރީ މައިދާނަށް އެއްވިއެވެ. އެއްވި ވެރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް