ގުރުއާން އެންދި މައްސަލަ: އިރާގު ރައްޔިތުން ނިކުމެ ސްވިޑަން އެމްބަސީ ނައްތާލައިފި !

ކީރިތި ގުރުއާން އެންދި މައްސަލައިގާ އިރާގުން ސްވިޑަނާއި ދެކޮޅަށް ބޮޑެތި ފިޔަވަޅުތަކެއް އަޅައިފިއެވެ. އެގޮތުން އެ ގައުމުގައި ހުންނަ ސްވިޑަން އެމްބަސީ އުވާލައި އެމްބެސެޑަރު ފޮނުވާލައި އެ އިރާގުގައި މުވާ...

21 Jul 2023 | 04:48

ކީރިތި ގުރުއާން އެންދި މައްސަލައިގާ އިރާގުން ސްވިޑަނާއި ދެކޮޅަށް ބޮޑެތި ފިޔަވަޅުތަކެއް އަޅައިފިއެވެ.

އެގޮތުން އެ ގައުމުގައި ހުންނަ ސްވިޑަން އެމްބަސީ އުވާލައި އެމްބެސެޑަރު ފޮނުވާލައި އެ އިރާގުގައި މުވާސަލާތީ ހިދުމަތް ދެމުން އަންނަ އެރިކްސަން ކުންފުނީގެ ހިދުމަތް ހުއްޓާލަން އިރާގުން ނިންމާފައިވާކަމަށް އެގައުމުން އިއްޔެ ބުނެފައިވެއެވެ.

އިރާގުން ސްވިޑަން އެމްބަސީ އުވާލީ އިރާގު ރައްޔިތުން ނިކުމެ އެ އެމްބަސީ ހިސޯރުކޮށް އަންދާލާފައިވަނިކޮށެވެ.

އަޟްހާ ޢީދު ދުވަހު ސްވިޑަންގެ ސްޓޮކްހޯމްގެ އެންމެ ބޮޑު މިސްކިތް ކުރިމަތީގައި ގުރްއާން އެންދީ، އިރާގުން އެ ގައުމަށް ހިޖުރަކޮށް އެ ގައުމުގެ ރައްޔިތުކަން ހޯދައިގެން އުޅޭ ސަލްވާން މޫމިކާ ނަމަކަށް ކިޔާ ފިރިހެނެކެވެ. އޭނާ އެކަން ކުރީ ސްވިޑަންގެ ކޯޓުން ދިން ހުއްދައެއްގެ ދަށުންނެވެ. އެކަން ކުރީ ފުލުހުންގެ ހިމާޔަތުގައެވެ.

މި މައްސަލައިގާ މުސްލިމް ގައުމުތަކުން އަންނަނީ މިކަމާއި ދެކޮޅަށް އިހްތިޖާޖުކޮށް އަޑު އުފުލަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް