ރަޖްނީކާންތު ރާއްޖެ އައީ ދަރި އައިޝްވާރްޔާ ދެކެ ރުޅި އައިސްގެން !

އިންޑިއާގެ ތަރި ރަޖްނީކާންތު ރާއްޖެ އައީ އޭނާގެ ދޮށީ އަންހެންދަރި އައިޝްވާރްޔާ ރަޖްނީކާންތު ދެކެ ރުޅިއައިސްގެން ކަމުގައި އިންޑިއާގެ މީޑިއާގައި ރިޕޯޓްކޮށްފިއެވެ. އެގޮތުން އިންޑިއާގެ ބައެއް ނޫސްތަކުގައި...

21 Jul 2023 | 04:20

އިންޑިއާގެ ތަރި ރަޖްނީކާންތު ރާއްޖެ އައީ އޭނާގެ ދޮށީ އަންހެންދަރި އައިޝްވާރްޔާ ރަޖްނީކާންތު ދެކެ ރުޅިއައިސްގެން ކަމުގައި އިންޑިއާގެ މީޑިއާގައި ރިޕޯޓްކޮށްފިއެވެ.

އެގޮތުން އިންޑިއާގެ ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި މިދިޔަ ހަފްތާގެ ހުކުރު ދުވަހު ރަޖްނީކާންތު ރާއްޖެއައީ އައިޝްވާރްޔާ ދެވަނަ ކައިވެންޏެއް ކުރަން އުޅޭ ވާހަކަ ރަޖްނީކާންތު ގާތު ބުނުމުން އެކަމާ ހިތްހަމަނުޖެހި ހުރެ ހިތްހަމަޖައްސާލުމަށެވެ.

އައިޝްވާރްޔާ ރަޖްނީކާންތު ކުރިން އިނދެގެން އުޅުނީ ދަނުޝްއާއެވެ. ދަނުޝްއާއި އައިޝްވާރްޔާއަށް ދެ ފިރިހެން ކުދިން ލިބިފައިވެއެވެ.

މިދިޔަ އަހަރުގެ ޖަނަވަރީގައި ދަނުޝްއާއި އައިޝްވާރްޔާ ވަކިވެފައިވާއިރު މިހާރު އައިޝްވާރްޔާ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ޒުވާން އެސިސްޓަންޓް ޑިރެކްޓަރަކާކަމުގައި އިންޑިއާ މީޑިއާއިން ރިޕޯޓްކޮށްފައިވެއެވެ.

ރަޖްނީކާންތު ހިތްހަމަނުޖެހުނީ އެ އެސިސްޓަންޓް ޑައިރެކްޓަރާ ކައިވެނިކުރަން އުޅޭ ވާހަކަ ރަޖްނީކާންތު ގާތު ބުނުމުން ކަމުގައިވެސް ރިޕޯޓްކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް