ނޫސްވެރިކަމަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް ނުކުރާނަން: ސަރުކާރު

ނޫސްވެރިކަމުގެ މިނިވަން ކަމަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެ ކަމަށް ސަރުކާރުން ބުނެފި އެވެ. ސަރުކާރުން މިހެން ބުނެފައިވަނީ ހެއްކާއި ބެހޭ ގާނޫނަށް ގެނައި އިސްލާހު ދިފާއުކޮށް މިރޭ ނެ...

21 Jul 2022 | 18:46

ނޫސްވެރިކަމުގެ މިނިވަން ކަމަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

ސަރުކާރުން މިހެން ބުނެފައިވަނީ ހެއްކާއި ބެހޭ ގާނޫނަށް ގެނައި އިސްލާހު ދިފާއުކޮށް މިރޭ ނެރުނު ބަޔާނެއްގައި އެވެ. މި ބަޔާން ނެރެފައިމިވަނީ އެ ގާނޫނަށް ގެނައި އިސްލާހުން ނޫސްވެރިންގެ މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭ ގޮތަށް އޮތުމުން އެކަމާއި ހިތްހަމަ ނުޖެހުން ފާޅު ކުރަމުން ދަނިކޮށެވެ.

ރައީސް އޮފީހުން މިރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ ހެއްކާ ބެހޭ ބިލް މަޖިލީހުން ފާސްކުރީ ގިނަ ދުވަސްތަކެއް ވަންދެން ދިރާސާކޮށް، އަދި ގިނަ ބައެއްގެ ހިޔާލު ހޯދުމަށް ފަހު ކަމަށެވެ. އެ ގާނޫނު އޮތްގޮތުން މަސްދަރު ހާމަކުރަން މަޖުބޫރު ކުރުވޭނީ ޓެރަރިޒަމްގެ ކުށްތަކާއި ގައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކުގައި އަދި ވަކި ހާއްސަ ކަންތައްތަކެއް ފުރިހަމަވެގެން ކަމަށާއި އަދި މަސްދަރު ހާމަކުރަން އެންގިޔަސް، އެ ނިންމުން އިސްތިއުނާފް ކުރެވިދާނެ ކަމަށެވެ.

އެ ބަޔާނުގައިވާ ގޮތުން ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެ އެވެ. އަދި ނޫސްވެރިކަން ކުރިއަރުވަން ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން އަބަދުވެސް ކުރާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް