އެލްސިއޯން ބޭކަރީގެ ބާނީ ދުނބުރި ހަސަން މަނިކު އަވަހާރަވެއްޖެ

އެލްސިއޯން ބޭކަރީގެ ބާނީ މ. އެލްސިއޯން، ހަސަން މަނިކު (ދުނބުރި ހަސަން މަނިކު) އަވަހާރަވެއްޖެ އެވެ. ހަސަން މަނިކު އަވަހާރަވި އިރު އުމުރުފުޅަކީ80 އަހަރެވެ. އަވަހާރަވީ އޭޑިކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން...

21 Jul 2022 | 18:30

އެލްސިއޯން ބޭކަރީގެ ބާނީ މ. އެލްސިއޯން، ހަސަން މަނިކު (ދުނބުރި ހަސަން މަނިކު) އަވަހާރަވެއްޖެ އެވެ.

ހަސަން މަނިކު އަވަހާރަވި އިރު އުމުރުފުޅަކީ80 އަހަރެވެ. އަވަހާރަވީ އޭޑިކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް މިރޭގެ ވަގުތެއްގައި އެވެ.

އޭނާ އަވަހާރަވީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށް ފަހު އެވެ. ހަސަން މަނިކުގެ ޖަނާޒާ އޮންނާނީ މާދަމާ ހުކުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގަ އެވެ.

ދުނބުރި ހަސަން މަނިކު އެލްސިއޯން ބޭކަރީ އުފައްދައި އެ ވިޔަފާރީގައި ކުރިޔަށް ވަޑައިގެންނަވަން ފެއްޓެވީނަވާރަސޭތަކ ފަސްދޮޅަހުގެ އަހަރުތަކުގެ ތެރޭގައި އެވެ. މި ހިދުމަތް ފާހަގަ ކުރައްވާ ސަރުކާރުން 1981 ވަނަ އަހަރު ވަނީ އިގްތިސާދީ ދާއިރާ އިން އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމް ދެއްވާފައިވެ އެވެ.

ގިނަ ދުވަސްތަކެއްވަންދެން އާލާސްކަންފުޅާ އުޅުއްވަން ޖެހިވަޑައިގަތުމުން އެ ވިޔަފާރީގެ ތެރޭގައި އަމަލީ ގޮތުން އުޅެވެން ނެތުމުން ވިޔަފާރި ހިންގަމުންދަނީ ހަސަން މަނިކުގެ ބޭފުޅުންނެވެ.

އެލްސިއޯން ބޭކަރީ އުފައްދާ ހިންގެވުމުގެ އިތުރުން އޭނާ އަކީ އިޖްތިމައީ ހިދުމަތްތެރި އެކެވެ. އަދި މާފަންނުގައި ހުންނަ ދުނބުރި މިސްކިތް ބިނާކޮށްދެއްވީ އޭނާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް