މިރޭ 8:30 އާއި ހަމައަށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު

މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ހެނދުނު ނެރުނު ހުދު ސަމާލުގެ ވަގުތު ދިގުދަންމާލައިފިއެވެ. އެގޮތުން ހެނދުނު 10:30 އިން ހަވީރު 4:30 އާއި ދެމެދުގެ ވަގުތަށް ނެރުނު ހުދު ސަމާލ...

21 Jul 2022 | 11:38

މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ހެނދުނު ނެރުނު ހުދު ސަމާލުގެ ވަގުތު ދިގުދަންމާލައިފިއެވެ.

އެގޮތުން ހެނދުނު 10:30 އިން ހަވީރު 4:30 އާއި ދެމެދުގެ ވަގުތަށް ނެރުނު ހުދު ސަމާލުގެ ވަގުތު މިރޭ 10:30 އާއި ހަމައަށް ވަނީ ދިގުދަންމާލާފައެވެ.

މި ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ.

މި ސަމާލުގައި ބުނެފައިވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރުން، އަދި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް