އައްޑު ސިޓީ ހިތަދޫ ގެއެއްގައި ރޯވި އަލިފާން ނިއްވާލައިފި - މީހަކަށް އަނިޔާއެއް ނުވޭ

އައްޑޫ ސިޓީ ހިތަދޫގެ ގެެއެއްގައި ރޯވި އަލިފާން ސ. ހިތަދޫ ފަޔަރ ސްޓޭޝަނުން ނިއްވާލައިފިއެވެ. އެމްއެންޑީއެފް އިން ބުނެފައިވަނީ މި ހާދިސާގެ ރިޕޯޓް ލިބުނީ މިއަދު 12:15 ހާއިރު ކަމަށެވެ. އަދި އެމްއެންޑީއެފް...

21 Jul 2022 | 11:15

އައްޑޫ ސިޓީ ހިތަދޫގެ ގެެއެއްގައި ރޯވި އަލިފާން ސ. ހިތަދޫ ފަޔަރ ސްޓޭޝަނުން ނިއްވާލައިފިއެވެ.

އެމްއެންޑީއެފް އިން ބުނެފައިވަނީ މި ހާދިސާގެ ރިޕޯޓް ލިބުނީ މިއަދު 12:15 ހާއިރު ކަމަށެވެ. އަދި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ސ.ހިތަދޫ ފަޔަރ ސްޓޭޝަނަށް އެ އެ ރިޕޯޓު ލިބުމާއެކު ފަޔަރމަނުން ވަނީ ހަރަކާތްތެރިވެފައި ކަމަށެވެ.

އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ސ.ހިތަދޫ ފަޔަރ ސްޓޭޝަންގެ ފަޔަރމަނުން ކުރި މަސައްކަތުން އެ ގޭގެ ކޮޓަރީގައި ރޯވި އަލިފާން އެއްކޮށް ނިއްވާލެވުނީ މިއަދު 12:33 ހާއިރު ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެއެވެ.

އެމްއެންޑީއެފް އިން ބުނީ މިއީ މީހުން ދިރިއުޅޭ ގެއެއް ކަމަށާއި ނަމަވެސް ގޭގެ ކޮޓަރީގައި ރޯވި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެެއް ނުވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް