އަހަންނަކީ އަބަދުވެސް ރާޖަޕަކްޝައިންނާ ދެކޮޅު މީހެއް: ރަނިލް

ރާޖަޕަކްޝަ އާއިލާއަކީ ތާއީދުކުރާ ބައެއް ނޫން ކަމަށާއި ރާޖަޕަކްޝައިންނާ އަބަދުވެސް ދެކޮޅުކަމުގައި ސްރީ ލަންކާގެ އައު ރައީސް ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެއެވެ. ރަނިލް މިހެން ވިދާޅުވީ ސްކައި ނިއުސްގ...

21 Jul 2022 | 11:05

ރާޖަޕަކްޝަ އާއިލާއަކީ ތާއީދުކުރާ ބައެއް ނޫން ކަމަށާއި ރާޖަޕަކްޝައިންނާ އަބަދުވެސް ދެކޮޅުކަމުގައި ސްރީ ލަންކާގެ އައު ރައީސް ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެއެވެ.

ރަނިލް މިހެން ވިދާޅުވީ ސްކައި ނިއުސްގެ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ނޫސްވެރިޔާ ސުވާލުކުރަނީ މަނިކުފާނަކީ ރާޖަޕަކްޝަ އާއިލާއާއި ޒަމާންވީ އެކުވެރިކަމެއް އޮންނަ ފަރާތެއް ކަމުގައިވާއިރު ގައުމަށް ބަދަލެއް އަތުވެދާނެތޯ ؟ އެވެ.

ޖަވާބުގައި ރަނިލް ވިދާޅުވަނީ އޭނާއަކީ ރާޖަޕަކްޝަ އާއިލާ އާއި ގާތް މީހެއް ނޫން ކަމަށެވެ. "ރާޖަޕަކްޝަގެ ރަހުމަތްތެރިއެއް ނޫން، ރައްޔިތުންގެ ރަހުމަތްތެރިއެއް" ރަނިލް ވިދާޅުވިއެވެ.

ރަނިލް މިހެން ވިދާޅުވެފައިވާއިރު، ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު، ގައުމުގެ ހާލަތު ރަނގަޅު ކުރުމަށް ލަސްނުކޮށް މަސައްކަތް ފަށާފައިވާކަމަށާއި ލަސްނުވެ ނަތީޖާ ފެންނާނެކަމުގައި އުންމީދުކުރައްވާކަމުގައި ރަނިލް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް